ލައިވް އިވެންޓުތައް ގިނަވެ، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އެމެރިކާގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޔޫސުފް އެސްޓީސް މިރޭ "ހުކުރު އުފާ" ޕްރޮގްރާމްގައި ދެއްވަން ހަމަޖެހިފައި އޮތް ދަރުސް ކެންސަލްކޮށްފި އެވެ.
މައުލޫމާތު ދެއްވި ފަރާތުން ވިދާޅުވީ ކެންސަލް ކުރި ސަބަބު ކަށަވަރު ނުކުރެވޭ ކަމަށެވެ.
މިރެއަކީ މޯލްޑިވިއަން އައިޑޮލްގެ އެންމެ ޚާއްޞަ ރޭ ކަމަށްވާއިރު ވަރަށް ޚާއްޞަ އިތުރު ލައިވްއެއް މިރޭ އެބައޮތް ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
މިއިން އެއްވެސް ޕްރޮގްރާމަކީ މުންނާރު ޗެނެލުން ލައިވްކުރާނެ ޕްރޮގްރާމެއް ނޫން ނަމަވެސް އެއްފަހަރާ ގިނަ ލައިވްތަކެއް ކުރިމަތިވުމުން ކޮންމެވެސް ދަތިތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބެލެވެއެވެ.