ބައްޕާފުޅު ޞަލާހުއްދީންގެ މަހާނަ ކައިރީގައި މަރިޔަމް ސައީދު ފަސްދާނުލައިފި

ކިޔުމަށް ހޭދަވާނީ 1މ 15ސ
ބައްޕާފުޅު ޞަލާހުއްދީންގެ މަހާނަ ކައިރީގައި މަރިޔަމް ސައީދު ފަސްދާނުލައިފި
ރާއްޖޭގެ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ އަނބިކަނބަލުން އަދި ކުޅަދާނަ ޅެންވެރިޔާ މަރިޔަމް ސައީދު ފަސްދާނުލައިިފިއެވެ.

މަރިޔަމް ސައީދު ފަސްދާނުލައިފައިވަނީ އެކަމަނާ ފަސްދާނުލައިފައިވަނީ އެކަމަނާގެ ބައްޕާފުޅު ހުސައިން ޞަލާހުއްދީންގެ މަހާނައާއި އެކަމަނާގެ ބޭބޭފުޅު ހުސައިން ޝިހާބުގެ މަހާނައާ ޖެހިގެންނެވެ. އެއީ ސްރީލަންކާގެ ކުޕިޔަވައްޓެގެ މުސްލިމް ބެރިއަލް ގްރައުންޑްގައެވެ. އެކަމަނާ ފަސްދާނުލައިފައިވަނީ މިއަދު ހުކުރު ނަމާދަށް ފަހުގައެވެ.

އެކަމަނާގެ ޖަނާޒާގައި އެކަމާނާގެ ޢާއިލާގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ޢަބްދުﷲ ޝާހިދާއި، އިބްރާހިމް ޝިހާބާއި، އިބްރާހިމް ހުސައިން ޝިހާބު ބައިވެރިވެވަޑައިގަތެެވެ. އޭގެ އިތުރުން، އެ ޖަނާޒާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.

މަރިޔަމް ސައީދު އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅުގައި އުޅުއްވުމަށްފަހު އިއްޔެގެ ވަގުތެއްގައި ސްރީލަންކާގައެވެ. އަވަހާރަވިއިރު އެކަމަނާގެ އުމުރުފުޅަކީ 87 އަހަރުފުޅެވެ.

ކުޅަދާނަ ޅެންވެރިޔާ މަރިޔަމް ސައީދަކީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ދެވަނަ އަނބިކަނބަލުންނެވެ. ރައީސް ނަސީރާއި އެކަމަނާއަށް ދެ ބޭފުޅުން ލިބިލެއްވިއެވެ. އެއީ ޢަލީ ނާސިރާއި މުހައްމަދު ނާސިރެވެ. އެ ދެ ބޭފުޅުން ވެސް ވަނީ އަވަހާރަކޮށްލައިފައެވެ.

މަރިޔަމް ސައީދަކީ ރާއްޖެއަށް އަދަބީ ތައުލީމީ ދާއިރާއަށާއި އިސްލާމް ދީނަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ބޭކަނބަލެކެވެ. އެކަމަނާއަށް ވަނީ 1983 ވަނަ އަހަރުގައި ޅެންވެރިކަމުގެ ގޮތުން އާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގެންފައެވެ.



މިއަދު އޮންލައިން