މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ހިއްސާއަކަށް 2.60 ރުފިޔާ ބަހަން، އެކުންފުނީގެ އަހަރީ އާންމު ޖަލްސާއިން ނިންމައިފިއެވެ.
އެކުންފުނިން ރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި މިއަދަދު ފާސްކޮށްފައިވަނީ، އެޖަލްސާގައި ބައިވެރިވި 501 ހިއްސާދާރުންގެ ތެރެއިން 450 ހިއްސާދާރުންގެ ވޯޓާއިއެކުގައެވެ.
ރޭ ބޭއްވި އެޖަލްސާގައި އެމްޓީސީސީގެ އާންމު ހިއްސާދާރުން ތަމްސީލު ކުރާ ޑިރެކްޓަރުންގެ ގޮތުގައި ނަސްރަތު މުޙައްމަދާއި މަންސޫރު ޒުބައިރު ހޮވާފައިވެއެވެ.
ސަރުކާރުގެ 64.20 އިންސައްތަ ހިއްސާ އޮންނަ އެމްޓީސީސީ ގައި އާންމު ހިއްސާދާރުންނަށް 31.15 ހިއްސާ އޮވެއެވެ. އަދި އެމްޓީސީސީ ގެ 4.65 އިންސައްތަ ހިއްސާ މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑަށް އޮވެއެވެ.