ފޯރިގަދަ ކުޅިވަރުތަކަކާއި ވޯޓާސްޕޯޓް ކުޅިވަރުތަކެއް ހިމެނޭ މިހަރަކާތް ޝަރަފުވެރި ކޮށްދެއްވާ ހުޅުވައިދެއްވީ ޗީފް އޮފް ޑިފެންސް ފޯސްގެ އަނބިކަނބަލުން އަދި ސިފަމާގެ ޗެއާޕަރސަން އަލްފާޟިލާ ޚަދީޖާ ނަޢީމް އެވެ.
އާންމުންނަށް ހުޅުވާލައިގެން ފެށުނު މިހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދާއި މާދަމާ ހަވީރު 16:00 އިން ފެށިގެން 18:00 އާއި ހަމައަށެވެ.
ސިފައިންގެ އާއިލީ ހަވީރުގައި ބޭއްވުނު ހަރަކާތްތަކުގެ ތެރޭގައި ސިފައިން ބޭނުންކުރާ ބައެއް އެއްގަމު އުޅަނދުތަކާއި ސިފައިންގެ ޔުނީފޯމްތަކުގައު ފޮޓޯނެގުމުގެ އިތުރުން ކުޑަކުދިންނަށް ޚާއްސަ ކޮށްފައިވާ ތަފާތި ކުޅިވަރުތަކާއި ސްޓޯލްތަކުގެ އިތުރުން ކުޑަކުދިންނާއި ގުޅޭ އެހެނިހެން ހަރަކާތްތައް ވެސް ހިމަނާފައިވެއެވެ.
މިއާއިލީ ހަވީރުގައި ގިނަ އަދަދެއްގެ ސިފައިންނާއި، ސިފައިންގެ އާއިލާތަކާއި ކުޑަކުދިންގެ އިތުރުން އާންމު ރައްޔިތުންވެސް ބައިވެރިވެފައިވެއެވެ.