މިހާރު ކިޔަންޖެހެނީ "ލައްގަޅޭ ލައްގަޅޭ މައިންތަނަށް އިންސާފުވެރި ޙުކުމެއް ލައްގަޅޭ": ޙުސައިން މުޙައްމަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
މިހާރު ކިޔަންޖެހެނީ "ލައްގަޅޭ ލައްގަޅޭ މައިންތަނަށް އިންސާފުވެރި ޙުކުމެއް ލައްގަޅޭ": ޙުސައިން މުޙައްމަދު
"ލައްގަޅޭ ލައްގަޅޭ މައިންތަނަށް ރަންފޮށްޓެއް ލައްގަޅޭ" ކިޔައި އުޅުނު ދުވަސް މިހާރު ނިމިފައިވާ ކަމަށާއި މިހާރު ކިޔަންޖެހެނީ "ލައްގަޅޭ ލައްގަޅޭ މައިންތަނަށް އިންސާފުވެރި ޙުކުމެއް ލައްގަޅޭ" ކަމަށް މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން މިރޭ އއ ރަސްދޫގައި ބޭއްވި ޖަލްސާގައި ޙުސައިން މުޙައްމަދު ވިދާޅުވީ ތަފާތު ސިޔާސީ ފިކުރުތައް ގުޅިގެން މަސައްކަތްކުރަން ފެށުމުން އުފެދޭނެ ސުވާލުތަކެއް ހުރެދާނެ ކަަމަށާއި ޖަވާބަކީ "ވައްކަން ކުރުމަށް ވެސް ވަކިމިންވަރެއް އޮންނާނެ" ކަމަށް ކަމަށެވެ.

ޙުސައިން މުޙައްމަދު ވިދާޅުވީ ވައްކަމާއި ދެކޮޅަށް އަޑު އުފުލައިފިނަމަ އެމީހަކަށް އޮންނަން ޖެހެނީ ޖަލުގެ ކުޑަގޮޅީގައި ކަމަށެވެ. އެގޮތުން މީހުން ޖަލަށްލަމުން ގޮސް ޖަލުތައް މިހާރު ހުރީ ފުރިބާރުވެފައި ކަމަށެވެ.

ޙުސައިން މުޙައްމަދު ވިދާޅުވީ އއ އަތޮޅުގެ ރައްޔިތުންނަކީ އަބަދުވެސް ޙައްޤަށް ލޯބިކުރާ އަދި އިންސާފު ހޯދަން ވަަރަށް ސާބިތުކަމާއިއެކު މަސައްކަތްކުރާ ބައެއް ކަަމަށާއި އއ އަތޮޅުގެ ރައްޔިތުން ކުރިއަށް އޮތްތަނުގައިވެސް ދެމިތިބޭނީ އެގޮތުގައި ކަމަށެވެ.
މިއަދު އޮންލައިން