ދައުލަތަށް ލިބޭހާ ފައިސާއެއް އަމިއްލަ ބޭނުމަށް- ކޮންމެ ޚިދުމަތަކަށް ދަރަނިފުންޏެއް: އިބޫ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ދައުލަތަށް ލިބޭހާ ފައިސާއެއް އަމިއްލަ ބޭނުމަށް- ކޮންމެ ޚިދުމަތަކަށް ދަރަނިފުންޏެއް: އިބޫ
ދައުލަތަށް ލިބޭ ހުރިހާ ފައިސާއެއް ބޭނުން ކުރެވެނީ އަމިއްލަ ފައިދާއަށް ކަމަށާއި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ކޮންމެ ޚިދުމަތެއް ފޯރުކޮށްދެނީ ރައްޔިތުން ދަރަނިވެރި ކުރުވައިގެން ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ އއ ރަސްދޫގައި ބޭއްވި ޖަލްސާގައި އިބޫ ވިދާޅުވީ ދައުލަތަށް ލިބޭ ފައިސާގެ އެންމެ ބޮޑުބައެއް ހޭދަކުރަނީ ސިޔާސީ މުވައްޒިފުންގެ މުސާރައާއި އިނާޔަތް ިދިނުމަށް ކަމަށެވެ. ދެން ހުންނަ ފައިސާކޮޅު ޚަރަދުކުރަނީ ތަފާތު އަމިއްލަ ބޭނުންތަކަށް ކަމަށެވެ.

އިބޫ ވިދާޅުވީ ނަތީޖާއަކީ ޤައުމަށް ލިބޭ ފައިސާއިން ދެކޮޅު ނުޖެހި ކޮންމެ ދުވަހަކީވެސް އިތުރަށް ދަރަނިވެރިވާ ދުވަހަކަށްވަމުން ދިއުން ކަމަށާއި ކޮންމެ ދުވަހަކީވެސް ޤައުމުގެ ދަރަނި ބޮޑުވާ ދުވަހެއް ކަމަށެވެ.

އިބޫ ވިދާޅުވީ ޤައުމުގެ ދަރަނި ބޮޑުވެ ސަލާމަތް ނުވެވޭހައި މިންވަރަށް ގެންދިއުމަށްފަހު އެވަރުންވެސް ނުފުދިގެން މުޅި ޤައުމަށް މިވަނީ އަނިޔާވެރިކަން ޢާންމުކޮށްފައި ކަމަށާއި ރައްޔިތުންނަށް ތިބެންޖެހިފައިވަނީ އެކަމުގެ ކަންބޮޑުވުންތަކުގެތެރޭގައި ކަމަށެވެ.

އިއްޔެ އަވަހާރަވި މ. ބަގީޗާގޭ މަރްޔަމް ސަޢީދަކީ އަބަދުވެސް އިޞްލާޙީ މަސައްކަތްޕުޅުތަކަށް ހިތްވަރު ދެއްވައި ތާއީދުކުރެއްވެވި ބޭކަނބަލެއްކަމަށް ވެސް އިބޫ ވިދާޅުވިއެވެ.
މިއަދު އޮންލައިން