ކުރަންޖެހޭ އެެންމެ ބޮޑު މަސައްކަތަކީ ސަރުކާރުގެ އިސްވެރިން ކޮށްފައިވާ ބޮޑެތި ކުށްތަކުގެ މައްސަލަތައް ބެލުން: އޭކޭ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ކުރަންޖެހޭ އެެންމެ ބޮޑު މަސައްކަތަކީ ސަރުކާރުގެ އިސްވެރިން ކޮށްފައިވާ ބޮޑެތި ކުށްތަކުގެ މައްސަލަތައް ބެލުން: އޭކޭ
ރާއްޖޭގައި މިހާރު ކުރަންޖެހިފައިވާ އެންމެ ބޮޑު މަސައްކަތަކީ ސަރުކާރުގެ އިސްވެރިން ކޮށްފައިވާ ބޮޑެތި ކުށްތަކުގެ މައްސަލަތައް ބެލުން ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު ޢަބްދުﷲ ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން މިރޭ އއ ރަސްދޫގައި ބޭއްވި ޖަލްސާގައި ޢަބްދުﷲ ކަމާލުއްދީން ވިދާޅުވީ ސަރުކާރުގެ އެންމެ އިސް ބޭފުޅުންގެ އަމިއްލަފުޅު އިއުތިރާފުންނާއި ތަފާތު ރިޕޯޓްތަކުން ބޮޑެތި ކުށްތައް ސާބިތުވެފައި ތިބި ބައަކު ސަރުކާރުގެ އިސް ސަފުގައި ތިބި ނަމަވެސް އެ ފަރާތްތަކުގެ މައްސަލަތައް ނުބެލިގެން މިއުޅެނީ އެކަންކަން ބަލަންޖެހޭ މިނިވަން މުއައްސަސާތަކުން އެކަން ނުބަލާތީ ކަމަށެވެ. އަދި އެމައްސަލަތައް ބެލުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަމުން ގެންދާ ކަމަށާއި އެކަން ކުރެވޭނެ ގޮތެއް ހޯދާނެ ކަަމަށެވެ.

ޢަބްދުﷲ ކަމާލުއްދީން ވިދާޅުވީ ސަރުކާރެއްގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުން އެއްބައިކުރުވުން ކަމަށާއި މިސަރުކާރަށް އެކަން ނުކުރެވުނު ކަމަށެވެ. ނަތީޖާއެއްގެ ގޮތުން މިއަށްވުރެ ރައްޔިތުން ބައިބައިވެފައިވާ ދުވަސްވަރެއް ރާއްޖޭގެ ތާރީޚުގައިވެސް ފެނިފައި ނުވާ ކަމަށެވެ.
މިއަދު އޮންލައިން