ފުރްޤާން މިސްކިތް ތެރެއަށް އުމުރުން ދުވަސްވީ މީހަކު ވެއްޓިފައި އޮއްވާ ފެނިއްޖެ

ކިޔުމަށް ހޭދަވާނީ 39ސ
ފުރްޤާން މިސްކިތް ތެރެއަށް އުމުރުން ދުވަސްވީ މީހަކު ވެއްޓިފައި އޮއްވާ ފެނިއްޖެ
ފުރްޤާން މިސްކިތް ތެރެއަށް އުމުރުން ދުވަސްވީ ފިރިހެނަކު ވެއްޓިފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

މަންޒަރު ދުއް މީހަކު މައުލޫމާތު ދީފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 17:00 ހާއިރުއެވެ.

އެމީހާ ވެއްޓިފައި އޮތް އިރު، އޭނާއަށް ގިނަ އަދަދަކަށް ހޮޑު ލެވިފައިވާ ކަމަށް ވެސް މަންޒަރު ދުއްމީހާ މައުލޫމާތު ދީފައިވެއެވެ.

ބެލެވޭ ގޮތުގައި އޭނާ މިސްކިތްތެރެއަށް ވެއްޓިފައިވަނީ އަނބުރައިގަނެގެންނެވެ. އާންމުންނާއި ފުލުހުންގެ އެހީތެރިކަމުގައި އޭނާ އެމްބިއުލެންސަށް އަރުވައިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އެމްބިއުލޭންސަށް އެރުވިއިރު އެމީހާ ކޮންމެވެސް ވާހަކަތަކެއް ދެއްކި ކަމަށް މައުލޫމާތު ދިން މީހާ ބުނެފައިވެއެވެ.

މިހާދިސާއާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
މިއަދު އޮންލައިން