ނަޝްވާ މިހެން ވިދާޅުވެފައި ވަނީ އަދީބުގެ ލޮލަށް "ގްލުކޯމާ" ޖެހިފައިވާއިރު އެކަމަށް ޑޮކްޓަރަށް ދެއްކުމުގެ ބަދަލުގައި ކަށީގެ ޑޮކްޓަރަކަށާއި ހަމުގެ ޑޮކްޓަރަކަށް ދެއްކުމުން، އެކަމާއި ކަންބޮޑުވުން ފާޅު ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.
އަދީބުގެ އަނބިކަނބަލުން ވިދާޅުވެފައިވަނީ ލޮލުގެ ޑޮކްޓަރަކަށް އެޕޮއިންޓްމެންޓް ހެދުމުގެ ބަދަލުގައި ކަށީގެ ޑޮކްޓަރަށް އަދި ހަމުގެ ޑޮކްޓަރަށް ދައްކަން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ.
"އަދީބުގެ ބޭސްފަރުވާއަށް ހަޖޫ ޖެހުން މިހާރުން މިހާރަށް ހުއްޓާލާ އަދީބުގެ ލޯ އަނދިރިވުމުގެ ކުރިން ބޭސްފަރުވާ ކުރުމުގެ ކަންކަން އާއިލާއާއި ހަވާލު ކުރައްވާ" ނަޝްވާ ވިދާޅުވެފައިވެއެވެ.
Loluge doc ah appointment hedhumuge badhaluga kasheege doc adhi hamuge doc dhakkan jehey sababeh nuvisney! Adeeb ge beysfaruvaa ah hajoo jehun mihaarun mihaarah hutaalaa Adeeb ge loa andhirivumuge kurin beysfaruva kurumuge kankan Aaila aa havaalu kurahvva! @Corrections_Mv pic.twitter.com/ao51qusaEw
— Nash (@maryam_nashwa) April 27, 2018