ބުލީކުރިކަމަށް ބުނެ ބަދަލު ހިފަން ދަރިވަރަކު 9 ދަރިވަރުން މަރާލައިފި
ބުލީކުރިކަމަށް ބުނެ ބަދަލު ހިފަން ދަރިވަރަކު ވަޅިހަރާ 9 ދަރިވަރުން މަރާލައިފިއެވެ. މިހާދިސާ ހިންގާފައިވަނީ ޗައިނާގެ މިޑްލްސްކޫލަކަށް ދަރިވަރުން ދިއަ ވަގުތު ސްކޫލު ބޭރުގައެވެ.
މިހާދިސާގައި އަނިޔާލިބުނު 10 ކުއްޖަކު ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
ޝާންޒީ ޕްރޮވިންސުގެ ސަރުކާރުން ބުނީ ހަމަލާދިނީ 28 އަހަރުގެ ޒުވާނެއް ކަމަށާއި އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މިހާދިސާ ހިންގާފައިވަނީ ރަށްފުށު ސަރަހައްދުގައި ކަމަށެވެ.
ބެލެވޭ ގޮތުން އޭނާ ރުޅިގަދަވީ ސްކޫލުގައި ބުލީ ކުރުމުން ތައުލީމުން މަޙްރޫމްވެފައިވާތީ ރަނގަޅު ވަޒީފާއެއް ނުލިބުމުންނެވެ.