ރީތި އަޑެއް ﷲ ދެއްވެވީމަ ނަށާ ލަވަކިޔުމަކީ ﷲ ދެއްވެވި ނިޢުމަތަށް ޝުކުރު އަދާކުރުންތޯ؟: ޝައިޚް ޖައުފަރު ފާއިޒް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ރީތި އަޑެއް ﷲ ދެއްވެވީމަ ނަށާ ލަވަކިޔުމަކީ ﷲ ދެއްވެވި ނިޢުމަތަށް ޝުކުރު އަދާކުރުންތޯ؟: ޝައިޚް ޖައުފަރު ފާއިޒް

ރީތި އަޑަކީ އެންމެންނަށް މާތްﷲ ދެއްވަވާ އެއްޗެއް ނޫންކަމަށްވާއިރު މީހަކަށް ރީތި އަޑެއް މާތްﷲ ދެއްވެވީމައި ނަށައި ލަވަކިޔުމަކީ މާތްﷲ ދެއްވެވި ނިޢުމަތަށް ޝުކުރު އަދާކުރުންތޯ؟ އައްޝައިޚް ޖައުފަރު ފާއިޒް ސުވާލުކުރައްވައިފިއެވެ.

ޝައިޚް ޖައުފަރު ވިދާޅުވީ ރީތި އަޑެއް ލިބުމުން އެ ނިއުމަތަށް ޝުކުރުވެރިވާންޖެހޭނެ ކަމަށެވެ. އެ އަޑުގެ ބޭނުން ކުރަންޖެހޭނީ މާތްﷲ ހުއްދަ ކުރެއްވެވި ކަންކަން ކުރުމަށް ކަމަށެވެ. "ނިކަން ބުނެބަލަ! އައަޑު ލިބިގަތީ އަމިއްލައަށްތަ؟ ނޫނީ އެއީ މައިން ަބަފައިން ތަނަކުން ހޯދާފައި ދިން އެއްޗެއްތަ؟ ނޫނީ އިންޖިނޭރުން އުފައްދާފަ ދިން އެއްޗެއްތޯ އެއީ؟"

ޝައިޚް ޖައުފަރު ވިދާޅުވީ މާތްﷲ ދެއްވެވި ނިއުމަތްތަކާއިމެދު ސުވާލުކުރެވޭނެ ދުވަސް އޮތީ ކުރިއަށް ކަމަށެވެ. އެ ނިއުމަތްތަކުގެ ބޭނުން ހިފި ގޮތަކާއިމެދު ޖަވާބުދާރީ ނުވެ ސަލާމަތް ނުވެވޭނެ ކަމަށެވެ.

ޝައިޚް ޖައުފަރު މިމޭރުމުން ވިދާޅުވެފައިވާއިރު ހެޔޮ ނުބައި ވަކިކުރަން އަމިއްލައަށް ނުއެނގޭ ތުއްތު ދަރިންނާއި ބާލިޣް ނުވާ ކުޑަކުދިން އިސްލާމީ އަޚްލާޤުން ބޭރު ހެދުން އަޅުވައިގެން ގޮވައިގެން ގޮސް އެކުދިން ލައްވައި ޒަމަނީ ނެށުން ނައްޓުވައި ބޭއަދަބީ ލަވަތައް ކިޔުއްވައި ހަދާ ބެލެނިވެރިން ދަނީ އިތުރުވަމުންނެވެ. އެ ބެލެނިވެރިންނަކީ އެމީހުންގެ ދަރިންނަށް ރީތި އަޑަކާއި ނެށުމުގެ ހުނަރު ދިނީ އެމީހުން އަމިއްލައަށް ކަމަށް ޤަބޫލުކުރާ ބައަކަށް ވެދާނެއެވެ.
މިއަދު އޮންލައިން