ޔަހޫދީ ސިފައިން ބަޑިޖެހުމުން 3 މީހުން ޝަހީދުވެ 300 އަށްވުރެ ގިނަ މީހުން އެޑްމިޓްކޮށްފި
އިޒްރޭލުން ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެ ހިންގަމުން ގެންދާ އަނިޔާވެރިކަންކަމާއި ދެކޮޅަށް އަޑު އުފުލުމަށް އިއްޔެ މުޒާހަރާކުރި ފަލަސްޠީނުގެ އެތައް ހާސް ރައްޔިތުންގެ ތެރެއަށް ޔަހޫދީ ސިފައިން އިއްޔެ ބަޑިޖެހުމުން 3 މިޙުން ޝަހީދުވެ 300 އަށްވުރެ ގިނަ މީހުން ވަނީ އެޑްމިޓްކޮށްފައެވެ.
ރިޕޯޓްތައް ބުނާ ގޮތުން 5 ހަފްތާއަށް ކުރިއަށް ގެންގޮސްފައިވާ މުޒާހަރާތަކަށް ބަޑިން ހަމަލާ ދިނުމުން ޝަހީދުވި ފަލަސްޠީނުގެ ރައްޔިތުންގެ އަދަދު މިހާރު ވަނީ 44އަށް އަރައިފައެވެ. ޒަކަމްވި މީހުންގެ އަދަދު ވަނީ އެތައް ހާހަކަށް އަރައިފައެވެ.
ކުރީ ހަފްތާތަކަށްވުރެ ގިނަ ބައަކު އިއްޔެ ވަނީ މުޒާހަރާކުރަން ނުކުމެފައެވެ. ބޯޑަރު ކައިރީ 5 ސަރަހައްދެއްގައި އިއްޔެ ވަނީ މުޒާހަރާކޮށްފައެވެ.