ބީއެމްއެލް އެންމެ ރަނގަޅު މުވައްޒަފުގެ އެވޯޑު، ޕްރޮޕަޓީސް ޔުނިޓްގެ މޫސާ މުޙައްމަދު ހާސިލް ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 19ސ
ބީއެމްއެލް އެންމެ ރަނގަޅު މުވައްޒަފުގެ އެވޯޑު، ޕްރޮޕަޓީސް ޔުނިޓްގެ މޫސާ މުޙައްމަދު ހާސިލް ކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުންގެ ތެރެއިން 2017 ވަނަ އަހަރު އެންމެ ރަނގަޅު މުވައްޒަފުގެ އެވޯޑު، ބީއެމްއެލް ޕްރޮޕަޓީސް ޔުނިޓުގެ މޫސާ މުޙައްމަދި ހާސިލް ކޮށްފިއެވެ.

މިއެވޯޑު މޫސައަށް ހަވާލު ކޮށްފައިވަނީ، ބީއެމްއެލް ގެ އަހަރީ އެވޯޑު ދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޚާއްސަ ޚަފްލާއެއްގައެވެ. މޫސާ މުޙައްމަދު ގެ އިތުރުން، މިދިޔަ އަހަރު އެންމެ ރަނގަޅަށް މަސައްކަތް ކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކަށް ވެސް އެވޯޑު ދީފައިވެއެވެ.

ރޭ ބޭއްވުނު ބީއެމްއެލްގެ އަހަރީ އެވޯޑު ދިނުމުގެ ޚަފްލާގައި، ބެސްޓް ލީޑަރ އެވޯޑު ހާސިލު ކޮށްފައިވަނީ އައިޓީ ޑިޕާޓްމަންޓުން ހުޝާމް ސައީދު އެވެ. އަދި ބެސްޓް ސީއީއޯ އެވޯޑު ފޯރ އައުޓްސްޓޭންޑިންގ އެޗީވްމަންޓް ހާސިލް ކޮށްފައިވަނީ ސްޓެޓީޖިކް ޕްލޭނިންގ އެންޑް ޗޭންޖް ޑިޕާޓްމަންޓުން މޫސާ މުންސިފް މުޙައްމަދު އެވެ.

މީގެ އިތުރުން ބެސްޓް ކްރެޑިޓް ޑިވިޝަން އަދި ބެސްޓް އެކްސެޕްޝަނަލް ކޮންޓްރިބިއުޝަން އެވޯޑް ހާސިލް ކޮށްފައިވަނީ ޕީޕަލް އެންޑް ޗޭންޖް ޑިޕާޓްމެންޓުން ސަހާ ވަހީދު އެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލް ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ، ބުރަކޮށް މަސައްކަތް ކުރާ ސްޓާފުންގެ އަގުވަޒަން ކުރުމަކީ ލިބިވަޑައިގަންނަވާ ފަޚުރެއް ކަމަށެވެ.


މިއަދު އޮންލައިން