ދޯންޏެއްގައި އޮތް ހާލުބޮޑު ބަލި މީހަކު އެމްްއެންޑީއެފް ގެ އެހީތެރިކަމާއެކު ތިނަދޫއަށް ގެންގޮސްފި

ކިޔުމަށް ހޭދަވާނީ 36ސ
ދޯންޏެއްގައި އޮތް ހާލުބޮޑު ބަލި މީހަކު އެމްްއެންޑީއެފް ގެ އެހީތެރިކަމާއެކު ތިނަދޫއަށް ގެންގޮސްފި
މަސްވެރިކަން ކުރަން ގދ. ކާޑެއްދޫ އާއި 48 މޭލު ބޭރުގައި އުޅުނު ދޯންޏެއްގައި އުޅުނު ހާލުބޮޑު ޒުވާނަކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ގދ. ތިނަދޫއަށް ގެންގޮސްދީފިއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި "ސީ ކިންގް" ނަމަކަށް ކިޔާ އެމަސްދޯނީގައި އޮތް އުމުރުން 21 އަހަރުގެ ޒުވާނަކަށް، ނޭވާލާން އުނދަގޫވެ، ހޮޑާއެކު އަނގައިން ލޭ އަންނާތީ އިތުރު ފަރުވާއަށް ތިނަދޫ ހޮސްޕިޓަލަށް ގެންދިޔައީ އެދޯނީގެ ކެޕްޓަން އެމްއެންޑީއެފް ކޯސްޓްގާޑުގައި އެދުމުންނެވެ.

އެމްއެންޑީއެފްގެ އެހީތެރިކަމާއިއެކު އެމީހާ ގދ. ތިނަދޫއަށް ގެންގޮސްފައިވަނީ މިރޭ 19:15 ހާއިރުއެވެ.
މިއަދު އޮންލައިން