ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު މެންދުރު 1:00 ގައި

ކިޔުމަށް ހޭދަވާނީ 50ސ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު މެންދުރު 1:00 ގައި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު މެންދުރު ފަހު 1:00 ގައި ބޭއްވުމަށް ތާވަލުކޮށްފިއެވެ.

މިއީ މިދިޔަ މާޗު މަހުގެ 14 ވަނަ ދުވަހު މަޖިލީހުގައި ބޭއްވި ޖަލްސާއަށް ފަހުގައި މަޖިލީސް މެދުކެނޑިފައި އޮތުމަށްފަހު ބާއްވާ ފުރަތަމަ ޖަލްސާއެވެ.
ރައްޔިތުންގެ މަޖިލީހުން ބުނި ގޮތުގައި، މިއަދު ތާވަލުކޮށްފައިވަނީ އާންމު ޤަވާއިދުތަކާ ބެހޭ ޤާނޫނުގެ ޖަދުވަލު އެކެއް އަދި ދޭއްގައިވާ ޤަވާއިދުތަކަށް ޢަމަލުކުރުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭ މައްސަލަ ޤަވާއިދު ކޮމިޓީއިން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުން ކަމަށެވެ.

އަދި މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައާއި އިނާޔަތްތަކުގެ ތެރޭގައި ހިމެނޭ ހެލްތު އިންޝޫރަންސްއާ ގުޅިގެން ހުށަހަޅާފައިވާ މައްސަލަތައް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުން ވެސް މިއަދުގެ ޖަލްސާގައި އޮންނާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ނިމުމަކާ ގާތަށް ގޮސްފައިވާއިރު، މިހާތަނަށް ބޭއްވިފައިވަނީ އެންމެ 11 ޖަލްސާއެވެ.


މިއަދު އޮންލައިން