ބީއެމްއެލް އިން މިއަހަރުގެ ފުރަތަމަ ކުއާޓަރގައި 11%ގެ ކުރިއެރުން ހޯދައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 4ސ
ބީއެމްއެލް އިން މިއަހަރުގެ ފުރަތަމަ ކުއާޓަރގައި 11%ގެ ކުރިއެރުން ހޯދައިފި

ހަރުދަނާ މާލީ ނަތީޖާއަކާއެކު ބީއެމްއެލްއިން ފުރަތަމަ ކުއާޓަރގައި ރނަގަޅު ނަތީޖާއެއް ހޯދައިފިއެވެ. ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ވެސް ރަނގަޅު ފައިދާތަކެއް ހޯދާފައިވުމާއެކު މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރ އާ އަޅާބަލާއިރު ހިންގުމުން ލިބުނު ފައިދާވަނީ އިތުރުވެފައެވެ.

ބީއެމްއެލްގެ މި ކާމިޔާބީ އާއި ގުޅިގެން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ ކާމިޔާބުކަމާއެކު މިއަހަރު ފެށުނީތީވެ "އަޅުގަނޑުމެން މިތިބީ ވަރަށް ހިތްހަމަޖެހިފަ" ކަމަށެވެ.
އެންޑްރޫ ހީލީ ވިދާޅުވީ މިއީ ގިނަމަސައްކަތްތަކެއް ކުރެވުނު ކުއާޓަރއެއް ކަމަށާއި އަދި މިއަހަރުގެ ބާކީއޮތް ދުވަސްތަކުގައިވެސް މިބާރުމިނުގައި މަސައްކަތްތައް ކުރިއަށް ބޭންކުން ޚާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ. "މިދިޔަ ކުއާޓަރ އަކީ ވަރަށް ބުރަކޮށް މަސައްކަތްކުރަން ޖެހުނު ކުއާޓަރ އެއް ނަމަވެސް އަޅުގަނޑުމެންގެމުވައްޒަފުން ވަނީ ފާހަގަކޮށްލެވޭފަދަ ހީވާގި މަސައްކަތްތަކެއް ކޮށްފަ. ޚާއްސަކޮށް، އަޅުގަނޑުމެން ޚިދުމަތްދޭ މުޖުތަމައުތަކާ އޮތް ގާތްކަން އިތުރުކޮށް މުޖުތަމައުގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި މަސައްކަތްތަކެއް ކުރުމަށް ފެބްރުއަރީމަހު ހިންގުނު 'އަހަރެންގެބޭންކް' ޕްރޮގްރާމްގެ ތަފާތު 28 ހަރަކާތް ފާހަގަކޮށްލެވޭ."

އަލަށް ބޭނުންކުރަން ފަށާފައިވާ އެކައުންޓިންގ ސްޓޭންޑަރޑް އައިއެފްއާރުއެސް 9 ގެ ދަށުން ލޯން ޕްރޮވިޜަންގެ ގޮތުގައި ބަހައްޓަން ޖެހޭ މިންވަރު އިތުރުވެފައިވީ ނަމަވެސް ކުއާޓަރގެ ހިސާބުތަކަށް ބަލާލާއިރު ޓެކްސްއަށް ކެނޑުމުގެ ކުރިން ބޭންކަށް ލިބުނު ފައިދާ ވަނީ 2017 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ އާ އަޅާބަލާއިރު %3އިތުރުވެފައެވެ. އެއް މިންގަނޑަކުން އަޅާބަލާއިރު ޓެކްސްއަށްކެނޑުމުގެކުރިންބޭންކަށްލިބުނުފައިދާވަނީ އެވެ.

ލޯނުދޫކުރެވުނު ނިސްބަތްވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެ، އަދި އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް ވަނީ 2017 ވަނަ އަހަރު ނިމުނު އިރު ހުރި ނިސްބަތްކަމަށްވާ %4.1 އިން %3.2 އަށް ދަށްކުރެވިފައެވެ. ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯވަނީ ޤާނޫނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީމިންވަރެއްގައި ހިފަހެއްޓިފައެވެ.

މިއަހަރުވެސް ބީއެމްއެލް އިން ދަނީ މުޖުތައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ އިންވެސްޓްމަންޓް ޕްރޮގްރާމް ހިންގަމުންނެވެ.އަދި މިދިޔަ ފެބްރުވަރީ މަހު އެކަނިވެސް ' އަހަރެންގެ ބޭންކް' ގެ ދަށުން 28 ހަރަކާތްތަކެއް ވަނީ ހިންގާފައެވެ. ރާއްޖޭގެއެކިކަންކޮޅުތަކުގައިހިންގުނު މި ހަރާކަތްތައް މެދުވެރިކޮށް ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ދާއިރާގެ އިތުރުން ހިލޭސާބަހަށް މަސައްކަތްކުރާޖ ަމިއްޔާތަކަށް ވަނީއެހީތެރިކަންފ ފޯރުކޮށްދީފައެވެ.








މިއަދު އޮންލައިން