ޗާންސެލަރ ޑރ. ޝަހީމް ސައުދީއަށް ކުރައްވާ ދަތުރުފުޅުގަ އެންމެ އިސް މުފްތީ އާ ބައްދަލުކުރައްވަވާނެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ޗާންސެލަރ ޑރ. ޝަހީމް ސައުދީއަށް ކުރައްވާ ދަތުރުފުޅުގަ އެންމެ އިސް މުފްތީ އާ ބައްދަލުކުރައްވަވާނެ

ސައުދިއަރަބިޔާގެ އިސްލާމިކް މިނިސްޓަރުގެ ދައުވަތަކަށް އައިޔޫއެމްގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސައުދީއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ސައުދިއަރަބިޔާގެ އެންމެ އިސް މުފްތީ އާއި ބައްދަލުކުރައްވަވާނެ ކަމަށް އައިޔޫއެމް އިން ބުނެފިއެވެ.

އައިޔޫއެމް އިން މިއަދު ބުނެފައިވަނީ ޑރ. ޝަހީމްގެ މިދަތުރުފުޅުގައި އިސްލާމީ މިނިސްޓްރީގެ އިސްވެރިންނާއި އަދި ތައުލީމީ ވުޒާރާގެ އިސްވެރިންނާއި ބައްދަލުކުރެއްވެވުމުގެ އިތުރުން 5 ޔުނިވަރސިޓީއަކަށް ޒިޔާރަތްކުރައްވައި އެ ޔުނިވަރސިޓީތަކުގެ އިސް ފަރާތްތަކާއި ބައްދަލުކުރައްވައި މަޝްވަރާ ކުރައްވަވާނެ ކަމަށެވެ.

ޑރ. ޝަހީމް ޒިޔާރަތްކުރައްވަން ހަަމޖެހިފައިވާ ޔުނިވަރސިޓީތަކުގެ ތެރޭގައި ކިންގ ޢަބްދުލްޢަޒީޒް ޔުނިވަރސިޓީ އާއި ކިންގ ސައުދު ޔުނިވަރސިޓީ އާއި މަދީނާގެ އިސްލާމިކް ޔުނިވަރސިޓީ އާއި އިމާމް މުޙައްމަދު އިސްލާމިކް ޔުނިވަރސިޓީ ހިމެނެއެވެ.

މިދަތުރުފުޅުގައި ޑރ. ޝަހީމް ސައުދިއަރަބިޔާއަށް ވަޑައިގަތީ އިއްޔެ އެވެ.
މިއަދު އޮންލައިން