ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓްވީޓެއްގައި ވަނީ މިކަން އާންމުކޮށް އަންގާ އިއުލާނު ކޮށްފައެވެ.
"Calender ga vaa gothah Ramalaan mahuge furathama duvas 16 May ah vejje nama, 17 may vaa Buraasfathi duvahaky sarukaaru bandhu duvaheh ge gothugai Raeesuljumhooiriyya hamajassavaifi." -im
— ɪʙʀᴀʜɪᴍ ᴍᴜᴀᴢ ᴀʟɪ (@SpokespersonMV) April 29, 2018
މުއާޒް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ، މެއި މަހުގެ 17 ވަނަ ދުވަހަކީ ރަމަޟާން މަހުގެ ދެވަނަ ދުވަސް ކަމުގައި ވެއްޖެނަމަ، އެދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ހަމަޖައްސަވައިފި ކަމުގައެވެ.
މީގެއިތުރުން، މިއަހަރުގެ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު، ސަރުކާރު އޮފީސްތައް ހުޅުވިފައި ހުންނަ ރަސްމީ ގަޑިތަކަކީ ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 14:00 އާއި ހަމައަށް ކަމުގައި ވެސް ރައީސުލް ޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށް، ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވެފައިވެއެވެ.
"Ramalaan mahaai shawwal mahuge furathama 7 dhuvahu sarukaaru office thakuge masakkathu gadiakee hendhunu 10 in mendhurufahu 2 ah kamugai Raeesuljumhooriyyaa hamajassavaifi" -im
— ɪʙʀᴀʜɪᴍ ᴍᴜᴀᴢ ᴀʟɪ (@SpokespersonMV) April 29, 2018