"ދީނީ ޢިލްމު އުނގެނުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެއް. އެއީ ތިމާއަށް ވާޖިބުވެގެންވާ ކަންތައްތަކަށް އަމަލުކުރެވޭ ވަރަށް. މިހާރު އަޅުގަނޑުމެންނާ ކުރެވޭ ބައެއް ސުވާލުތަކުން ހަމަ އަޖައިބުވޭ. ވަރަށް އަސާސީ ކަންކަންވެސް ބައެއް ބޭފުޅުންނަށް ނުއެނގޭ. މިއީ ހިތާމައެއް." މިއީ މިއަދު އައްޝައިޚް ޢަލީ ޒައިދު ކުރައްވާފައިވާ ޓްވީޓެކެވެ.
އިސްލާމް ދީނުގެ އަސާސީ ކަންކަންވެސް ބައެއް މީހުންނަށް ނުއެނގޭތީ ޢިލްމުވެރިންގެ ކަންބޮޑުވުންތައް ގެންދަވަނީ ފައުޅުކުރައްވަމުންނެވެ. މި މައްސަލަތައް ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ.
ރަނގަޅަށް ހިނައި ޠާހިރުވުމުގެ ކަންކަން ނުއެނގޭ ދަރިވަރުންނަށް އައްބާސީ ދައުލަތުގައި ކުރެވުނު ހަނގުރާމަތުގެ ފިލާވަޅުތައް ދަސްކޮށްދެމުން ގެންދިއުމަކީ މިފަދަ މައްސަލަތައް ކުރިމަތިވާން މެދުވެރިވި އެންމެ ބޮޑު ސަބަބުކަމަށް ގިނަ ބައަކު ބުނެއެވެ.
މިފަދަ މައްސަލަތަކުގެ ނަތީޖާއެއްގެ ގޮތުން ދީނުގައި ކޮންމެހެން އެނގެން ޖެހޭ ގިނަ ކަންތައްތަކެއް ނުއެނގޭ ޖީލެއް އުފެދި އެކަމުގެ ނޭދެވޭ އަސަރުތައް މުޖުތަމައުން މިހާރު ދަނީ ފެންނަމުންނެވެ.
Dheenee ilm ungenumakee konme meeheh geves farudhee zinmaa eh! Eiy thimaa ah vaajibuvegen vaa kanthahthah practice kurevey varah. Mihaar alhugandu mennaa kurevey baeh suvaal thakun hama ajaaib vey. V basic ves baeh beyfulhunnah neyngy. Mee hithaama eh.
— Sheikh Ali Zaid (@alizaid1000) April 29, 2018