އެމްޓީސީސީ ޕްރީމިއަމް ފެެެރީތައް އިތުރުކޮށް، ކޮންމެ 20 މިނެޓަކުން ދަތުރުކުރާ ގޮތަށް ހަމަޖައްސައިފި

ކިޔުމަށް ހޭދަވާނީ 46ސ
އެމްޓީސީސީ ޕްރީމިއަމް ފެެެރީތައް އިތުރުކޮށް، ކޮންމެ 20 މިނެޓަކުން ދަތުރުކުރާ ގޮތަށް ހަމަޖައްސައިފި
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުތައް ބޭއްވުމަށް ބޭނުންކުރާ ޕްރީމިއަމް ފެރީ ފްލީޓަށް ތިން ފެރީއެއް އިތުރުކޮށްފިއެވެ.

އެމްޓީސީސީއިން ހާމަކުރި ގޮތުގައި، މީގެ ކުރިން ކޮންމެ 30 މިނެޓަކުން އެއްފަހަރު ބާއްވާ ޕްރީމިއަމް ލިންކު ފެރީތައް، މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ކޮންމެ 20 މިނެޓަކުން އެއްފަހަރު ދަތުރުކުރާ ގޮތަށް ފަށައިފައިވާކަމަށެވެ.

އެމްޓީސީސީގެ ޕްރީމިއަމް ލިންކް ފެރީއަކީ އެއާކޮންޑިޝަންކޮށް އިށީނދެ ތިބުމަށް ފަސޭހަ ފެރީތަކެކެވެ. އެމްޓީސީސީގެ އެހެން އާދައިގެ ފެރީތަކަށްވުރެ މި ފެރީގެ ޓިކެޓުގެ އަގު ވެސް ބޮޑެވެ.
އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ކުރިން ވިދާޅުވި ގޮތުގައި، ޕްރީމިއަމް ފެރީތަކުގެ އަގުބޮޑުވި ނަމަވެސް ގިނަ ޕަސިންޖަރުން ޚިޔާރުކުރަނީ ވެސް ޕްރީމިއަމް ފެރީތައް ކަމަށެވެ.

މިއަދު އޮންލައިން