ފަނޑިޔާރު އަލީ ހަމީދުގެ ކޮރަޕްޝަން މައްސަލަ އަލުން ބަލަނީ

ކިޔުމަށް ހޭދަވާނީ 1މ 3ސ
ފަނޑިޔާރު އަލީ ހަމީދުގެ ކޮރަޕްޝަން މައްސަލަ އަލުން ބަލަނީ
ލިޔުންތަކަށް ކޮފީ އެޅުނު ކަމަށްބުނެ މައްސަލަ ކުރިއަށް ނުގެންގޮސް ހުއްޓާލި، ސުޕްރީމް ކޯޓުގެ ސަސްޕެންޑު ކޮށްފައިވާ ފަނޑިޔާރު އަލީ ހަމީދުގެ މައްސަލަ އަލުން ބަލަން ނިންމައިފިއެވެ.

މީގެ އަށް އަހަރު ކުރިން 2010 ވަނަ އަހަރު އޮޑިޓް އޮފީހުން ނެރުއްވި އޮޑިޓް ރިޕޯޓަކާއި ގުޅިގެން އަލީ ހަމީދުގެ މައްޗަށް ދައުވާ ކުރެވުނީ، އަލީ ހަމީދުގެ ފޯނުން އެހެން ފޯނުތަކަށް 2000 ރުފިޔާއަށް ވުރެ ގިނައިން ޓްރާންސްފާ ކޮށްފައިވާ ކަމަށް ބުނެއެވެ.

އެމައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާއިރު، މީގެ ހަތަރު އަހަރު ކުރިން އެދައުވާ ކުރިއަށް ނުގެންދަން ހަމަ އެކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވަނީ ނިންމާފައެވެ. އެމައްސަލައިގެ ލިޔުންތަކަށް ކޮފީ އެޅިފައިވާކަމަށް ކޯޓުން ބުނިކަމަށް، ޕީޖީ އޮފީހާއި އެއިރު ހަވާލުވެވަޑައިގެން ހުންނެވި ޤާނޫނީ ވަކީލު ޙުސެއިން ޝަމީމް ވިދާޅުވެފައިވެއެވެ.

މިމައްސަލައިގެ އިތުރުން ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލާ ޝަރީއަތްތައް ހިނގަމުން ދެއެވެ. އެއީ އެކެއް ފެބްރުއަރީ ގައި ސުޕްރީމް ކޯޓުން އަމުރު ނެރުއްވީ ސަރުކާރު ވައްޓާލަން ހިފައިގެން ކަމަށް ބުނެއެވެ.

އެމައްސަލައިގާ އަލީ ހަމީދުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިज़މްގެ ދައުވާއާއި ސަރުކާރު ހިންގަން ހުރަސް އެޅި ކަމުގެ ދައުވާއެވެ.
މިއަދު އޮންލައިން