ޑރ. ޝަހީމް މިހާރު ސައުދިއަރަބިޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މުފްތީ އާއި ބައްދަލުކުރެއްވުމަށްފަހު ޑރ. ޝަހީމް ވަނީ މުފްތީ ދެއްވި ނަޞޭޙަތާއި އިރުޝާދަށް ޝުކުރުއަދާކުރައްވައިފައެވެ.
މިއީ ރާއްޖޭގެ ފަހުގެ ތާރީޚުގައި ރާއްޖޭގެ ދީނީ އިލްމުވެރިއަކު ސައުދިއަރަބިޔާގެ އެންމެ އިސް މުފްތީ އާއިއެކު ބޭއްވެވި މިފަދަ ފުރަތަމަ ބައްދަލުކުރެއްވުންކަން ފާހަގަކުރެވެއެވެ. (މީޑިއާއަށް މައުލޫމާތު ލިބިފައިވާ)
ޑރ. ޝަހީމް އަކީ އިސްލާމް ދީން މަތިވެރިކުރުމަށް ގިނަ ަމަސައްކަތްތަކެއް ކުރެއްވުމުގެ އިތުރުން އިމާމްވެ ނަމާދުކުރެއްވުމަށާއި ޚުޠުބާ ވިދާޅުމަށް ވަރަށް ބޮޑަށް ލޯބިކުރައްވާ ޢިލްމުވެރިއެކެވެ. ޑރ. ޝަހީމް ވަނީ ގިނަ އަދަދެއްގެ ޚުޠުބާވެސް އަމިއްލަފުޅަށް ލިޔުއްވައިފައެވެ.
It was a great honor to pay a courtesy call to the Grand Mufti of Saudi Arabia Samahath al'Shaikh Abdul Aziz Aal Shaikh, during the current Official visit to Saudi Arabia. I express my gratitude for the valuable advice given. pic.twitter.com/eSHShxXIlM
— محمد شهيم علي سعيد (@Mohamedshaheem1) April 29, 2018