އިބްތިހާލުގެ މަރުގެ މައްސަލަ އާ ގުޅުންހުރި މައްސަލައެއް ބެލުމުގައި ޤާޟީ ހައިލަމްގެ އިތުބާރާމެދު ޕީޖީން މައްސަލަ އުފައްދައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
އިބްތިހާލުގެ މަރުގެ މައްސަލަ އާ ގުޅުންހުރި މައްސަލައެއް ބެލުމުގައި ޤާޟީ ހައިލަމްގެ އިތުބާރާމެދު ޕީޖީން މައްސަލަ އުފައްދައިފި
އިބްތިހާލުގެ މަރުގެ މައްސަލަ އާއި ގުޅުންހުރި މައްސަލައެއް ބެލުމުގައި ޤާޟީ ހައިލަމްގެ އިތުބާރާމެދު ޕީޖީން މައްސަލަ އުފައްދައިފިއެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލާއި ހަވާލާދީ ބައެއް ނޫސްތަކުގައި މިއަދު ބުނެފައިވަނީ އަނިޔާވެރިކޮށް ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު މުހައްމަދު އިބްތިހާލުގެ މަރުގެ މައްސަލާގައި އިހުމާލުވުމުގެ ދައުވާ އުފުލާފައިވާ ދައުލަތުގެ މުވައްޒަފުންގެ މައްސަލަ ކުރިމިނަލް ކޯޓުގެ ގާޟީ އަހުމަދު ހައިލަމް ބެއްލެވުން މަސްލަހަތަށް ފުށު އަރާ ކަމަށެވެ.

ސަބަބެއް ކަމަށް ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވަނީ މައްސަލައިގައި ދައުވާ ލިބޭ މީހުންނަކީ ޤާޟީ ހައިލަމްއާއި ގާތް ގުޅުމެއް އޮންނަ ބައެއްކަން އެ އޮފީހަށް އެނގިފައިވާތީ ކަމަށާއި އަދި އެކަން ފާހަގަކޮށް ކުރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

މީގެ އިތުރުން މިމައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވެސް ޕީޖީގެ ފަރާތުން ވަނީ އެކަން ފާހަގަކޮށްފަ އެވެ.

އެމައްސަލަ ބެއްލެވުން ޤާޟީ ހައިލަމާއި ހަވާލުކުރެވުނީ މައްސަލަ ބައްލަވަމުން ގެންދެވި ޤާޟީ ޝަކީލް ކުއްލި ގޮތަކަށް ފެމިލީ ކޯޓަށް ބަދަލުކުރުމާއި ގުޅިގެންނެވެ.

ޤާޟީ ހައިލަމް އަކީ ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށް ގެންދާ ސިޔާސީ ގިނަ ފަރާތްތަކެއްގެ މައްސަލަތައް ބައްލަވަމުން ގެންދަވާ ފަނޑިޔާރެވެ.

ދީނީ ޢިލްމުވެރިއަކު ވިދާޅުވީ ފަނޑިޔާރެއް ނަމަވެސް އެހެން މީހަކު ނަމަވެސް މައްސަލަތަޢް ނިންމަންޖެހޭނީ ވެސް ހެކި ބަސް ދޭންޖެހޭނީވެސް އަދުލަށް ކަމަށެވެ. ކޯޓުތަކުގައި ގިނަ ފަނޑިޔާރުންތަކެއް ތިބޭއިރު ފަނޑިޔާރެއްގެ މަސްލަހަތު ފުށޫއަރާ ކަމެއް ކުރިމަތިވެއްޖެނަމަ އެ މައްސލައެއް ބަލަން އެހެން ފަނޑިޔާރަކާއި ހަވާލުކުރުމަކީ ކޯޓު ހިންގުމާއި ހަވާލުވެހުރި އިސް ފަނޑިޔާރުގެ މަސްއޫލިއްޔަތެއް ކަމަށެވެ.
މިއަދު އޮންލައިން