ޓެރަރިޒަމްގެ މައްސަލައިގަ ވަކީލަކު ހޯދަން ދެ ދުވަހުގެ މުއްދަތެއް ރައީސް މައުމޫނަށް ދީފި

ކިޔުމަށް ހޭދަވާނީ 55ސ
ޓެރަރިޒަމްގެ މައްސަލައިގަ ވަކީލަކު ހޯދަން ދެ ދުވަހުގެ މުއްދަތެއް ރައީސް މައުމޫނަށް ދީފި
ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާއި ގުޅުގެން ވަކީލަކު އައްޔަނު ކުރުމަށް ދެ ދުވަހުގެ މުއްދަތެއް ދީފިއެވެ.

އެމަނިކުފާނަށް ދެދުވަހުގެ މުއްދަތެއް ދީފައިވަނީ މިއަދު ބޭއްވި ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައެވެ. ވަކީލަކު ހޯދުމަށް 10 ދުވަހުގެ މުއްދަތެއް ދެއްވުމަށް ރައީސް މައުމޫން އެދިލެއްވި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ރައީސް މައުމޫނުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގައި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ މެންބަރު އިލްހާމް އަހުމަދާއު އަބްދުﷲ ސިނާން އަށް ރިޝްވަތު ދިން ކަމަށް ދައުލަތުން ތުހުމަތު ކޮށްފައިވެއެވެ.

ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެމަހުގެ ފަސްވަނަ ދުވަހުގެ ރޭ ހައްޔަރު ކުރެވުނު، ކުރީގެ ރައީސް މައުމޫން ގެ މައްޗަށް ޓެރަރިޒަމްގެ ދައުވާގެ އިތުރުން އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާވެސް ދައުލަތުން ކޮށްފައިވެއެވެ.

މިއަދު އޮންލައިން