އެންޕީއެޗް އިންވެސްޓްމަންޓަށް، ނަސަންދުރަ ޕެލެސް ހޮޓެލް ހިންގަން ދިން މައްސަލައިގާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދައުލަތަށް 74 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ބުނެ ފިނޭންސް މިނިސްޓްރީން ދިން ނޯޓިސް ބާތިލު ކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން މިދިޔަ ބުދަ ދުވަހު ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ސޮއި ކުރައްވާ އަދީބު އަސް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ އޭސީސީ އިން އެމައްސަކަ އަލުން މުރާޖައާ ކުރުމަށް ނިންމާފައިވުމުން، ހަތް ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް މިދިޔަ މާރޗް މަހުގެ 28 ވަނަ ދުވަހު ދިން ނޯޓިސް ބާތިލްކޮށްފައިވާ ކަމަށެވެ.
ދައުލަތަށް ފައިސާ ދެއްކުމަށް އަދީބުއަށް ދިން މުއްދަތު މިމަހުގެ ހަތްވަނަ ދުވަހު ހަމަވެފައިވާއިރު، އެފައިސާ އަދީބުގެ ފަރާތުން ދައްކާފައެއް ނުވެއެވެ.
ކުރީގެ ނައިބު ރައީސް އަދީބުގެ ވަކީލުން ފިނޭންސް މިނިސްޓްރީގައި އެދިފައިވަނީ، ފައިސާ ދެއްކުމަށް އަންގައި ފޮނުވާ ނޯޓިސް ގެއަށް ފޮނުވުމުގެ ބަދަލުގައި ޖަލުގައި ބަންދު ކޮށްފައި ހުރި އަދީބަށް ފޮނުވުމަށެވެ.