ދިރާގުގެ 2017 ވަނަ އަހަރުގެ ސާފު ފައިދާ 58 މިލިއަން ރުފިޔާ އިތުރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ދިރާގުގެ 2017 ވަނަ އަހަރުގެ ސާފު ފައިދާ 58 މިލިއަން ރުފިޔާ އިތުރުވެއްޖެ

ރާއްޖޭގެ ޤައުމީ މުވާސަލާތީ ކުންފުނި، ދިރާގަށް މިދިއަ އަހަރު ލިބުނު ފައިދާ ކުރީއަހަރަށްވުރެ 58 މިލިއަން ރުފިޔާ އިތުރުވެއްޖެއެވެ.

ދިރާގުން މިއަދު ޢާންމުކުރި ރިޕޯޓުގައި ބުނެފައިވަނީ 2017 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި އެކުންފުންޏަށް 898 މިލިއަން ރުފިޔާ ލިބުނު ކަމަށެވެ. އެހެންކަމުން މިއީ 2016 ވަނަ އަހަރު ލިބިފައިވާ 840 މިލިއަން ރުފިޔާއަށްވުރެ 58 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.


އެރިޕޯޓުގައިވާގޮތުން މިދިއަ އަހަރު އާމްދަނީގެ ގޮތުގައި ދިރާގަސް ލިބިފައިވަނީ 2.6 ބިލިއަން ރުފިޔާއެވެ. މިއަދަދުން ޓެކްސްއަށް ކެނޑުމުގެ ކުރިން، އެއް ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވެއެވެ.

ޓެކްސްގެ ގޮތުގައި ދިރާގުން މިދިއަ އަހަރު ދައުލަތަށް ދައްކާފައިވަނީ 160 މިލިއަން ރުފިޔާ އެވެ. ެހެންކަމުން ޓެކްސް އާއިއެކު ދިރާގަށް ފައިދާގެ ގޮތުގައި މިދިއަ އަހަރު ވަނީ 1058 މިލިއަން ރުފިޔާއެވެ.

ދިރާގުގެ ކާމިޔާބި އާއިގުޅިގެން ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވެފައިވަނީ ނިމިގެންދިއ 2017 ވަނަ އަހަރަކީ ރިކޯޑު މިންވަރަކަށް ކާމިޔާބު ހާސިލްވި އަހަރެއް ކަމަށެވެ. އާމްދަނީ އާއި ފައިދާ އިތުރުވެ އަދި ކަސްޓަމަރުންގެ އަދަދު ވެސް ގިނަވެ، ހުރިހާ ދިމާއަކުން ވިޔަފާރި ކުރިއަރާފައިވާ ކަމަށެވެ.

ގޭގެ އަށް ފައިބަރ ބްރޯޑް ބޭންޑް ހިދުމަތް ދިނުމަށް ދިރާގުން ހިންގާ މަޝްރޫއުގެ ދަށުން އިތުރު 20 ރަށަކަށް 2017 ވަނަ އަހަރު އެ ހިދުމަތް ތައާރަފް ކޮށްފައިވުމާއި ދިރާގުގެ މޯބައިލް ކަސްޓަމަރުންގެ އަދަދު މިދިއަ އަހަރު 9 އިންސައްތަ އިތުރުވުމާއި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންގެ އަދަދު 18 އިންސައްތަ އިތުރުވުން ފަދަ ކަންކަމަކީ ކުންފުންޏަށް ލިބުނު ބޮޑެތި ކުރިއެރުންތަކުގެ ގޮތުގައި އިސްމާޢީލް ރަޝީދު ވަނީ ފާހަގަކުރައްވައިފައެވެ.


ދިރާގުގެ އަހަރީ އާއްމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ކުރުނބާ މޯލްޑިވްސްގައެވެ.


މިއަދު އޮންލައިން