މިފްކޯ އިން "އޮބިނޯވެ" ޕްރަމޯޝަން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
މިފްކޯ އިން "އޮބިނޯވެ" ޕްރަމޯޝަން ފަށައިފި


މިފްކޯ އިން ރަަޟާން މަހަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ "އޮބިނޯވެ" ޕްރަމޯޝަން ފަށައިފި އެވެ.

މިފްކޯ ފަސްމީރު ފިހާރައިގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިފްކޯގެ ޗިފް އޮޕަރޭޓިންގ އޮފިސަރ ރަމްޒީ އަބޫބަކުރު މިއަދު ވިދާޅުވީ މިހާރުވެސް ދަޅުމަހާއި މަހުގެ ބާވަތްތައް ވިއްކަމުން ގެންދަނީ މިދިއަ އަހަރުގެ ރަމަޟާން މަހަށް ޚާއްޞަކޮށްގެން ހެޔޮކުރި އަގުގައި ކަމަށްވާތީ މިއަހަރު އިތުރަށް އަގުހެޔޮ ނުކުރާނެ ކަމަށެވެ.
މިފަަހަރުގެ ޕްރަމޯޝަން ކުރިއަށް ގެންދަނީ މިއަދުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށެވެ. މިދިއަ އަަހަރުގެ ޕްރަމޯޝަނުގައި ކޫޕަން ދޫކުރީ ހަމަ އެކަނި މަސްދަޅަށް ނަމަވެސް މިއަަހަރުގެ ޕްރަމޯޝަނުގައި މިފްކޯ ފަސްމީރު ފިހާރަ އާއި ގަލޮޅުގައި ހިންގާ މިފްކޯ 2 ނަމްބަރު ފިހާރަ އާއި ހުޅުމާލޭގައި ހިންގާ 3 ނަމްބަރު ފިހާރައިން ކުރާ ކޮންމެ 100 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. (600 ރުފިޔާގެ މަސްދަޅުކޭހެއް ގަނެފިނަމަ 6 ކޫޕަން ލިބޭނެއެވެ.)
މި ޕްރަމޯޝަނުގެ ދަށުން 1 ވަނަ އިނާމުގެ ގޮތުގައި 3 މީހަކަށް އުމުރާ ދަތުރު، 2 ވަނަ އިނާމުގެ ގޮތުގައި 3 މީހަކަށް ހިޓާޗީ އައިސް އަލަމާރި އަދި 3 ވަނަ އިނާމުގެ ގޮތުގައި 4 މީހަކަށް ފިލިޕްސް ޓީވީ ލިބޭނެއެވެ.
ރަމްޒީ ވިދާޅުވީ ސްޓޮކް ހުސްވުމުގެ މައްސަލަ މިދިއަ އަަހރު ކުރިމަތިވެފައިވާތީ އެފަދަ ކަމެއް މެދުވެރިއަ ނުދިނުމަށް މިފްކޯ އިން މިއަހަރު ވަނީ ބޮޑު ގުދަނެއްވެސް އިތުރަށް އަޅާފައި ކަމަށެވެ.
ރޯމަހުގެ އަގަށް ބޮޑު ބަދަލެއް ނުއަންނަނަމަ ރަމަޟާން މަހުވެސް މިހާރާއި އެއް އަގުގައި ގަންނަން ލިބޭނެ ކަމަށްވެސް މިފްކޯ އިން ވަނީ ބުނެފައެވެ.
މިއަދު އޮންލައިން