އޯޓިޒަމް ހުންނަ ކުދިން ބެލެހެއްޓުމުގެ ޚާއްޞަ ޓްރޭނިންގ ޕްރޮގްރާމެއް ހިންގައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
އޯޓިޒަމް ހުންނަ ކުދިން ބެލެހެއްޓުމުގެ ޚާއްޞަ ޓްރޭނިންގ ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ހިންގާ ކުޑަކުދިންގެ މަރުކަޒުކަމުގައިވާ ފިޔަވަތީގެމުވައްޒަފުންނަށް އަމާޒުކޮށްގެން، އޯޓިޒަމް ހުންނަ ކުދިން ބެލެހެއްޓުމުގައި ގެންގުޅެންޖެހޭ އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްތަކާގުޅޭ ޚާއްޞަ ޓްރޭނިންގ ޕްރޮގްރާމެއްހިންގައިފިއެވެ.



މި ޕްރޮގްރާމްގައި، އޯޓިޒަމް ހުންނަ ކުދިންގެ ހެދިބޮޑުވުމާއި ޞިއްޙަތާ ގުޅުންހުރި މަޢުލޫމާތާއި، ޚާއްޞަ ސަމާލުކަމާއި ރައްކައުތެރިކަން ދިނުމާގުޅޭ ބައިތަކާއި، ކުދިންގެ އަޚުލާޤު ބައްޓަން ކުރެވިދާނެ ގޮތްތަކުގެ އިތުރުން ޢަމަލީ ތަޖުރިބާގެ އަލީގައި ހުނަރު ތަރައްޤީކުރުން ފަދަ މުހިންމު ދާއިރާތައް ހިމެނޭގޮތަށް ސެޝަންތައް ނަގާދެވިފައިވެއެވެ.



މި ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓުފިކެޓު ހަވާލުކޮށްދެއްވާފައިވަނީ، ޕްރޮގްރާމް ނިންމުމުގެ ގޮތުން އޯޓިޒަމް ސެންޓަރުގައި މިއަދު ބޭއްވި ޚާއްސަ ޙަފުލާއެއްގައެވެ.

މި ޙަފުލާގައި ބައިވެރިންނާ މުޚާތިބުކުރައްވައި ވާހަކަފުޅު ދައްކަވަމުން، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން ފަރުމާކޮށްފައިވާ މި ޕްރޮގްރާމަކީ ފިޔަވަތީގައި ދިރިއުޅޭ އޯޓިޒަމް ހުންނަ ކުދިންނަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނޭ ކަމެއްކަމުގައި ދެކިވަޑައިގަންނަވާކަމުގައި މިނިސްޓްރީގެ ޕްރޮގްރާމް މެނޭޖަރ ޖަލާ ޒުޙުރީ ވިދާޅުވިއެވެ. އަދި ކުރިމަގުގައި މަދަނީ ޖަމުޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން މި ފަދަ އިތުރު ޕްރޮގްރާމްތަކެއް އިންތިޒާމުކުރެވިގެން ދާނެކަމަށް އުންމީދުކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.



ޕާރޓްނަރޝިޕްއުސޫލުން ތަފާތު ހަރަކާތްތައް ހިންގުމަށްޓަކައި ކުރުނބާ މޯލްޑިވްސްއާއިއެޑްވޮކޭޓިންގ ރައިޓްސް އޮފް ޗިލްޑްރަން (އާރކް) އާއި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނާއެކު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ސޮއިކޮށްފައިވާ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގެ ދަށުން، މި ފަރާތްތަކުގެ އެހީތެރިކަމާއެކު، އޯޓިޒަމް ސެންޓަރުގައި މި މަހުގެ 17އިން 30އަށް ކުރިއަށް ގެންދެވުނު މި ޕްރޮގްރާމްގައި ފިޔަވަތީގެ އިސް ވެރިންނާއި ސުޕަވައިޒަރުންނާއި ޓީޗަރުން އަދި ކެއަރ ވަރކަރުން ހިމެނޭގޮތަށް ޖުމުލަ 16 މުވައްޒަފުން ބައިވެރިވެފައިވެއެވެ.
މިއަދު އޮންލައިން