ސްޕްރީމް ކޯޓުގެ ނިންމުން ސާފުކޮށް އެނގުނީ 12 މެންބަރުންގެ ތެރެއިން އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭކަން: ޤާސިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ސްޕްރީމް ކޯޓުގެ ނިންމުން ސާފުކޮށް އެނގުނީ 12 މެންބަރުންގެ ތެރެއިން އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭކަން: ޤާސިމް
ރައްޔިތުންގެ މަޖިލީހުން ދާދިފަހުން ފާސްކުރި އެންޓި-ޑިފެންކްޝަން ޤާނޫނާއި ގުޅޭގޮތުން ސްޕްރީމް ކޯޓުން ނިންމެވިި ނިންމެވުމުންވެސް ސާފުކޮށް އެނގުނީ 12 މެންބަރުންގެ ތެރެއިން އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭކަން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރަހީމް ވިދާޅުވެއްޖެއެވެ.

ޤާސިމް އިބްރަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "އެންޓި-ޑިފެންކްޝަން ޤާނޫނާއި ގުޅޭގޮތުން ސްޕްރީމް ކޯޓުން ނިންމެވި ނިންމެވުމުންވެސް ސާފުކޮށް އެނގުނީ 12 މެންބަރުންގެ ތެރެއިން އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމެވެ. 12 މެންބަރުން ޕީޕީއެމުން ވަކިވުމުގެ އިޖުރާއަތުތައް ހިންގާފައިވަނީ 13 ޖުލައި 2017 ގެ ކުރިންކަން ސާފުކޮށް އެނގޭތީ" ކަމަށެވެ.


މިއަދު އޮންލައިން