އަމާނާ ތަކާފުލް މޯލްޑިވްސްގެ އަހަރީ ސާފު ފައިދާއަށް ބޮޑު ކުރިއެރުމެއް ލިބިއްޖެއެވެ.
އަމާނީ ތަކާފުލްގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން އެ ކުންފުންޏަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 5.3 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވެއެވެ. 2016 ވަނަ އަހަރުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 1.3 މިލިއަން ރުފިޔާއެވެ.
އަމާނީ ތަކާފުލްއަށް މިދިޔަ އަހަރުގެ އިންޝުއަރެންސް ވިޔަފާރިން އާމްދަނީގެ ގޮތުގައި 114 މިލިއަން ރުފިޔާ ލިބިފައިވެއެވެ. 2016 ވަނަ އަހަރު އެ ކުންފުންޏަށް އިންޝުއަރެންސް ވިޔަފާރިން ލިބިފައިވަނީ 108 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ.
އަމާނީ ތަކަފޫލަށް މިދިޔަ އަހަރުގައި އެ ކުންފުނީގެ ވިޔަފާރިން ރަނގަޅު ކުރިއެރުމެއް ލިބިފައިވާއިރު، އެ ކުންފުނިން ދަނީ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ތައްޔާރުވަމުންނެވެ. އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ އޮންނާނީ އަންނަ މޭ މަހުގެ ހަވަނަ ދުވަހު މޫކައި ސުއިޓްސްގައެވެ.