ފާރިސް އައިޖީއެމްއެޗަށް ގެެނެެސް އަތުގެ އެމްއާރުއައިއެއް ހައްދައިފި

ކިޔުމަށް ހޭދަވާނީ 50ސ
ފާރިސް އައިޖީއެމްއެޗަށް ގެެނެެސް އަތުގެ އެމްއާރުއައިއެއް ހައްދައިފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ އަތަށް ލިބުނު އަނިޔާއަކާ ގުޅިގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެނެސް އޭނާގެެ އަތުގެ އެމްއާރުއައިއެއް ހައްދައިފިއެވެ.
މިއަދު ހެނދުނު ފާރިސް އައިޖީއެމްއެޗަށް ގެނެސް އެމްއާރުއައިއެއް ހެއްދުމަށްފަހު މިހާރު ވަނީ އަނބުރާ ޖަލަށް ގެންގޮސްފައެވެ.

ފާރިސްގެ މައްޗަށް ކުރާ ޓެރަރިޒަަމްގެ ދައުވާގެ ޝަރީއަތަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުގެ ކުރިން ވެސް އޭނާގެ އަތުގެ އެމްއާރުއައިއެއް ހައްދަން އައިޖީއެމްއެޗަށް ގެންދިޔައެވެ.

ފާރިސްގެ ވަކީލުން ކުރިން ބުނި ގޮތުގައި، އޭނާގެ އަތަށް އަނިޔާ ލިބިފައިވަނީ މިދިޔަ މާޗު މަހުގެ ތެރޭގައި ތަހުޤީޤަށް ސުވާލުކުރުމަށް ގަދަކަމުން ގޮޅިން ނެރުމުގެ ތެރޭގައި ބިން މައްޗަށް ވެއްޓިގެން ކަމަށެވެ.

ޓެރަރިޒަމްގެ ދައުވާގެ އިތުރުން ރިޝްވަތު ހުށަހެޅުމުގެ ދައުވާއާއި ޝަހުސު އޮޅުވާލުމުގެ ދައުވާއެއް ވެސް ވަނީ ފާރިސްގެ މައްޗަށް ދައުލަތުން އުފުލައިފައެވެ. މި ދައުވާތަކުގެ ޝަރީއަތްތައް ފެށި ބައެއް ދައުވާތަކުގެ ޝަރީއަތް ވަނީ ނިމެން ކައިރިވެފައެވެ.
މިއަދު އޮންލައިން