ހައްޔަރުކޮށްފައި ތިއްބެވި ސިޔާސީ ފަރާތްތަކުގެ އަނބިކަނބަލުންނާ ނަސްރީނާ ބައްދަލުކުރައްވައިފި

ކިޔުމަށް ހޭދަވާނީ 1މ 47ސ
ހައްޔަރުކޮށްފައި ތިއްބެވި ސިޔާސީ ފަރާތްތަކުގެ އަނބިކަނބަލުންނާ ނަސްރީނާ ބައްދަލުކުރައްވައިފި


ޓެރަރިޒަމާއި އަދިވެސް އެކި ބޮޑެތި ތުހުމަތުތަކުގައި ހައްޔަރުކޮށްފައި ތިއްބެތި ސިޔާސީ ފަރާތްތަކުގެ އަނބިކަނބަލުންތަކާއި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ބައްދަލުކުރައްވައިފިއެވެ.

ޝީ ބިލްޑިންގައި ރޭ ބޭއްވި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެޑައިގަތީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަނބިކަނބަލުން، އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲގެ އަނބިކަނބަލުން، ކުރީގެ ޕީޖީ މުހުތާޒު މުހުސިންގެ އަނބިކަނބަލުން، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އަނބިކަނބަލުން، ނަސްރީނާ ދަރިކަލުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ އަނބިކަނބަލުން، ދަނގެތި ދާއިރާގެ މެންބަރު އިލްހާމު އަހުމަދުގެ އަނބިކަނބަލުން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފުގެ އަނބިކަނބަލުން، ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒުގެ އަނބިކަނބަލުން، އަދި ނަސްރީނާގެ ދަރިކަނބަލުން އަދި މުހައްމަދު ނަދީމްގެ އަނބިކަނބަލުން ޔުމްނާ މައުމޫނެވެެ. މީގެ އިތުރުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ތިން ދަރިކަނބަލަކު ވެސް ބައިވެރިވަޑައިގަތެވެ.

ހައްޔަރުކޮށްފައި ތިއްބެވި ސިޔާސީ ބޭފުޅުންގެ އަނބިކަނބަލުންނާ ބައްދަލުކުރައްވައި އެ ކަނބަލުންނަށް ހިތްވަރުދެއްވިއިރު، ނަސްރީނާގެ ފިރިކަލުން އަދި ކުރީގެ ރައީސް މައުމޫން ވެސް ހުންނެވީ ޓެރަރިޒަމްގެ ދައުވާގައި ޝަރީއަތް ނިމެންދެން ޖަލު ބަންދުގައެެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގަތް ބައެއް ކަނބަލުން ވަނީ ނަސްރީނާއަށް ޝުކުރު އަދާކުރައްވައި ތައުރީފު ކުރައްވައި ޓްވީޓް ވެސް ކުރައްވައިފައެވެ. އެ ފަރާތްތަކުން ވިދާޅުވި ގޮތުގައި، މިފަދަ ދަތި ހާލަތުގައި ވެސް ނަސްރީނާގެ ފަރާތްޕުޅުން ފެނިވަޑައިގަތީ ކެތްެތެރިކަމާއި ހިތްވަރުފުޅު ގަދަކަމެވެ.




މިއަދު އޮންލައިން