އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލް ޑރ.ޔޫސުފް ބިން އަހުމަދު އަލް އުތަމައިން މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްއަށް މަރުހަބާ ވިދަޅުވީ ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، އޯއިސީގެ ސެކްރެޓަރީ ޖެނެރަލް ރާއްޖެއަށް މި ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ފޮރިން މިނިސްޓަރު މުހައްމަދު އާސިމާ ބައްދަލުކުރައްވާނެއެވެ. އަދި ސަރުކާރުގެ އެހެން ބައެއް އިސް ބޭފުޅުންނާ ވެސް ބައްދަލުކުރައްވާނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ މި ދަތުރުފުޅުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންނަށް ތަޤުރީރެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.