އެސްޓީއޯ ސްޕަރމާޓުން މިއަދުން ފެށިގެން ފިޔާ ކިލޯއެއް ‍-/8 ރުފިޔާ އަލުވި ކިލޯއެއް ‍-/9 ރުފިޔާ ކުކުޅުބިހެއް 50 /1 ރުފިޔާ އަށް ވިއްކަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
އެސްޓީއޯ ސްޕަރމާޓުން މިއަދުން ފެށިގެން ފިޔާ ކިލޯއެއް ‍-/8 ރުފިޔާ އަލުވި ކިލޯއެއް ‍-/9 ރުފިޔާ ކުކުޅުބިހެއް 50 /1 ރުފިޔާ އަށް ވިއްކަނީ
އެސްޓީއޯ ސްޕަރމާޓުން މިއަދުން ފެށިގެން ފިޔާ ކިލޯއެއް -/8 ރުފިޔާއަށް، އަލުވި -/9 ރުފިޔާއަށް، ކުކުޅުބިހެއް 50 /1 ރުފިޔާއަށް ވިއްކަން ފަށާނެ ކަމަށް ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން މިއަދު ބުނީ މިއީ ރަމަޟާން މަހަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ އަގުތަކެއް ކަމަށާއި މިއަދުން ފެށިގެން މިއަގުތަކަށް ސްޕަމާޓުން ވިއްކަން ފަށާނެ ކަމަށެވެ.
މިއަހަރު ހޯލް ސޭލްކުރަން ހަަމަޖެހިފައިވަނީ ފިޔާ ބަސްތާއެއް 170 ރުފިޔާއަށް، އަލުވި ބަސްތާއެއް 200 ރުފިޔާއަށް، އަދި ބިސްކޭހެއް 270 ރުފިޔާއަށެވެ. ކޮންމެ ބާވަތަކުންވެސް 50 އަށްވުރެ ގިނައިން ނަގާނަމަ މިއަގުތަކުން 10 ރުފިޔާގެ ޑިސްކައުންޓެއް ލިބެއެވެ.
މާލޭގައި ހޯލްސޭލް ކުރާނީ ސިނާއީ ސަރަހައްދުގައި ހުރި ސްޕަމާޓުގެ ގުދަނުންނާއި ހޯލްސޭލް ސެންޓަރުންނެވެ. ގަނޑުކޮށް ނަގާ ފަރާތްތަކަށް މުދައު ދޫކުރާނީ ސިނާއީ އަވަށުގައި ހުންނަ ގުދަނުންނެވެ.
ރަމަޟާން މަަހަށް ޚާއްޞަކޮށްގެން އެތެރެކޮށްފައިވާ މިބާވަތްތައް މިހާރުވަނީ، އައްޑޫ ސިޓީ ހިތަދޫ، ހުޅުމީދޫ، ތިނަދޫ އަދި ފުވައްމުލަކަށް ފޮނުވައިފައެވެ. ކުޅުދުއްފުށްޓަށާއި ހޯރަފުށްޓަށް ފޮނުވަން ދަނީ މަސައްކަތްކުރަމުންނެވެ. އެރަށްތަކުންވެސް ވިއްކާނީ މާލެ އާއި އެއް އަގެއްގައެވެ.
މިހާރު ގެނެސްފައިވާ ޝިޕްމަންޓުގެ އިތުރުން ދެވަނަ ޝިޕްމަންޓެއް މިމަހުގެ 10،8 ހިސާބުގައި އެތެރެކުރާނެ ކަމަށާއި ރަމަޟާން މަހު ސްޓޮކް ހުސްނުވެ ލިބެން ހުންނާނެ އިންތިޒާމްތައް ހަމަޖައްސާނެ ކަމަށްވެސް އެސްޓީއޯ ސްޕަމާޓުން މިއަދު ވަނީ ބުނެފައެވެ.
މިބާވަތްތަކުގެ އިތުރުން ބަދިގޭ ސާމާނާއި ކުކިންގ އޮއިލް، ގެރިކުރު، ބާސްމަތީ ހަނޑޫ ފަދަ ބާވަތްތައްވެސް ރަމަޟާން މަހަށް ޚާއްޞަކޮށްގެން އެތެރެކޮށްގެން ސްޕަމާޓުން ގެންދަނީ އަގުހެޔޮކޮށް ވިއްކަމުންނެވެ.
މިއަދު އޮންލައިން