ރަޝްމު ރިޔާޒު މަރުވި އެކްސިޑެންޓުގެ މައްސަލައިގައި ދައުވާކުރަން ޕީގީއަށް ފޮނުވައިފި

ކިޔުމަށް ހޭދަވާނީ 45ސ
 ރަޝްމު ރިޔާޒު މަރުވި އެކްސިޑެންޓުގެ މައްސަލައިގައި ދައުވާކުރަން ޕީގީއަށް ފޮނުވައިފި
އައްޑޫ ސިޓީ ލިންކު ރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މަރުވި އުމުރުން 28 އަހަރުގެ ސ.ހިތަދޫ ނޫމުގެމާގޭ މުހައްމަދު ރަޝްމު ރިޔާޒު ގެ މައްސަލައިގެ ތަހުޤީޤު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި އަހަރުގެ މާޗު މަހުގެ 10 ވަނަ ދުވަހު ހިނގި އެ އެކްސިޑެންޓުގެ މައްސަލައިގެ ތަހުޤީޤު ނިންމައި ހުސްވި އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ދައުވާކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

މިދިޔަ މާޗު މަހުގެ 10 ވަނަ ދުވަހު އެ އެކްސިޑެންޓް ހިނގާފައިވަނީ ރަޝްމު ދުއްވަމުން ދިޔަ ސައިކަލާއި ކާރަކާ ޖެހިގެންނެވެ. އެކްސިޑެންޓް ހިނގިއިރު، ކާރުގައި ތިން މީހުން ތިބިކަން އެނގިފައިވާއިރު، މި މައްސަލާގައި ދައުވާކުރުމަށް އެދި ފުލުހުން ފޮނުވާފައިވަނީ ކޮން ބަޔަކަށްކަމެއް ނުވަތަ ކާކަށްކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މިއަދު އޮންލައިން