ދައްކަން ޖެހޭނީ ޤިޔާމަތް ދުވަހު ޖަވާބުދާރީވެވޭވަރުގެ ވާހަކަ: ޝައިޚް ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ދައްކަން ޖެހޭނީ ޤިޔާމަތް ދުވަހު ޖަވާބުދާރީވެވޭވަރުގެ ވާހަކަ: ޝައިޚް ޢަލީ ޒާހިރު


ހިތަށް އަރާ ކޮންމެ ވާހަކައެއް ދުލުން ބޭރުކޮށްލުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި ދައްކަން ޖެހޭނީ ޤިޔާމަތް ދުވަހުން ތިމާއަށް ޖަވާބުދާރީ ވެވޭވަރުގެ ވާހަކަ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.

ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް މިއަދު ކުރައްވަވާފައިވާ ޓްވީޓްގައި ވަނީ "ދުލަށް އަންނަ ކޮންމެ ވާހަކައެއް ބޭރުކޮށްލުމަކީ ރަނގަޅު ގޮތެއް ނޫނެވެ. ކިތަންމެ ގިނަ ބައަކު އެވާހަކައެއް ދެއްކިޔަސް، ތިމާއަށް ޤިޔާމަތް ދުވަހުން ޖަވާބު ދެވޭވަރުގެ ވާހަކައެއް މެނުވީ ނުދައްކާށެވެ." މިފަދައިންނެވެ.

ދާދިފަހުން ސައުދިޢަރަބިޔާގައި ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި ޢިލްމުވެރިން ވިދާޅުވެފައިވަނީ ކާކުކަން އެނގިގެންނާއި ނުއެނގޭ ގޮތަށް ސޯޝަލް މީޑިއާ ފަދަ ވަސީލަތްތަކުގައި ހާމަކުރާ ވާހަކަތަކުގެ ޙުކުމަކީވެސް ހަމަ ދުލުން ބުނެ ހާމަކުރާ ބަހުގެ ޙުކުމް ކަމަށެވެ.

"ސޯޝަލް މީޑިއާގަ ބައެއް މީހުން ހަޑިހުތުރު ބަހުން މީހުންނަށް އެއްޗެތި ގޮވާ އެބަ ހަދާ. ދޮގު ވާހަކަތައް މެސެޖުތަކުގެ ގޮތުގަ އެބަ ހާމަކުރޭ. އަންނަ ރުޅީގަ މައިން ބަފައިންނާއި ޢާއިލާގެ މީހުންނާއިވެސް އެބަ ބެހޭ. މިއީ އިސްލާމް ދީނުގަ ހުއްދަ ކަންކަމެއް ނޫން. ޤިޔާމަތް ދުވަހުން ޖެހޭނެ ޖަވާބުދާރީވާން މިކަންކަމަށް." ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.



މިއަދު އޮންލައިން