މުދާ ވާރުތަވާނީ ލޭގެ ގުޅުން އޮވެގެން، ލޭގެ ގުޅުން އޮންނާނީ ދީނުގެ ގުޅުން އޮވެގެން: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
މުދާ ވާރުތަވާނީ ލޭގެ ގުޅުން އޮވެގެން، ލޭގެ ގުޅުން އޮންނާނީ ދީނުގެ ގުޅުން އޮވެގެން: ޝައިޚް ޢަލީ ޒައިދު

މުދާ ވާރުތަވާނީ ލޭގެ ގުޅުން އޮވެގެން ކަމަށާއި ލޭގެ ގުޅުން އޮންނާނީ ދީނުގެ ގުޅުން އޮވެގެން ކަމަށް އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ މުސްލިމެއްގެ މުދާ ކާފަރަކަށް ވާރުތަ ނުވާނެ ކަމާއި ކާފަރެއްގެ މުދާ މުސްލިމަކަށް ވާރުތަ ނުވާނެކަން ޞަޙީޙް ޙަދީޘްފުޅުން އެނގެން އެބައޮތް ކަމަށެވެ. އެހެންކަމުން ދީނުގެ ގުޅުމާއި ލޭގެ ގުޅުން އިސްލާމް ދީނުގައި ވަނީ ގުޅި ލާމެހިފައި ކަމަށެވެ.

ރާއްޖެއަށް ބަލައިފިނަމަ ބައެއް ދިވެހި މުސްލިމުންނަށް ލިބިފައިވާ ބައެއް ދަރިން މިހާރު ވަނީ އިސްލާމް ދީން ދޫކޮށްފައެވެ. އެފަދަ މީހުން ރާއްޖޭގައާއި ރާއްޖެއިން ބޭރުގައިވެސް ދަނީ ދިރިއުޅެމުންނެވެ. އެހެންކަމުން އެފަދަ ދަރިންނަށް އެމީހުންގެ މުސްލިމް މައިންބަފައިންގެ މުދަލުން ވާރުތަވުމެއް ނެތްކަން މި ޙަދީޘްފުޅުން ސާބިތުވެއެވެ.
މިއަދު އޮންލައިން