ޖަލު ބަންދުގައި ތިބި މީހުން ގެއަށް ބަދަލުނުކުރާ ސަބަބު ރައީސް ޢަބްދުﷲ ޔާމީނަށް އެނގިވަޑައިގަތުމުން މަޑުއްވަރި ދާއިރާގެ މެންބަރު މުޙައްމަދު އަމިތު ކަންބޮޑުވުން ފައުޅުކުރައްވައިފިއެވެ.
"ހައްޔަރުކޮށްފަ ތިބޭ މީހުން ކޯޓޫން ގެއަށް ބަދަލު ނުކުރާ ސަބަބު ހާމަކޮށްދޭން ރައީސް ޔާމޫނަށް އޮތީ ކޮން ހައިސިއްޔަތެއްތޯ؟ އެކަން ރައީސް ޔާމީނަށް އެނގުނީ ކޮން ގޮތަކުންތޯ ސާފުވާން އެބަޖެހޭ. ފުލުހުން ސިއްރުން ނަމަވެސް ބަޔާން ނަންގަވާފަ ތަޙްޤީޤް ކުރައްވާ." މިއީ އަމިނިތު މިއަދު ކުރައްވާފައިވާ ޓްވީޓެކެވެ.
ޕީޕީއެމުން އިންތިޒާމުކޮށްގެން ރޭ ރުމާލް 2 ޖަގަހައިގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ މައްސަލައިގައި ޖަލުގައި ހައްޔަރުކޮށްފައި ތިއްބެވި، އަޅުގަނޑުމެންނަށް ޚިދުމަތް ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް ގެއަށް
ވަޑައިނުގެންނެވިގެން އެ އުޅުއްވަނީ އެ ބޭފުޅުން އަމިއްލަފުޅަށް އެކަން ކުރައްވަން ބޭނުންފުޅު ނުވާތީ ކަމަށެވެ. ތަޙްޤީޤަށް އެބޭފުޅުން ދެއްވަންޖެހޭ ހެކި ނުދެއްވާތީ ކަމަށާއި އެ ހެކި ނުދެއްވާނަމަ އެ ބޭފުޅުންނަށް ކޯޓުން ހުކުމެއް އަންނާނެ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ކުށްކުރިކަމަށް ތުހުމަތުކުރެވޭ މީހުން ކުށުން ބަރީއަ ކުރުމަކީ ދައުލަތާއި ސަރުކާރުން ކުރާ ކަމެއް ނޫން ކަމަށާއި ދައުލަތުން އޭނާގެ މައްޗަށް ދައުވާ އުފުލަނީ އޭނާ ކުރާ ވިޔާނުދާ ކަމެއްގެ ސަބަބުން ކަމަށެވެ. އެ ކަމަކަށް އަދަބެއް ނުދެވިއްޖެ ނަމަ އެއަށް ވުރެ ބޮޑު ނުރައްކާ މުޅި މުޖުތަމައަށް ކޮށްފާނެތީ ކަމަށެވެ.
Hayyaru kohffa thibey meehun court in ge'ah badhalu nukuraa sababu haama kohdheyn #Yameen ah othee kon haisiyyathehtho, ekan #Yameen ah engunee kon gothakun tho saafu vaan eba jehey.@PoliceMv in sirrun namaves, bayaan nangavaafa thahugeeg kuravvaa!.
— Mohamed Ameeth (@MohamedAmeeth) May 2, 2018