ލ. ގަމުގައި އޮތް ތެޔޮ ލޮރީއެއްގައި އަލިފާން ރޯވެއްޖެ

ކިޔުމަށް ހޭދަވާނީ 32ސ
ލ. ގަމުގައި އޮތް ތެޔޮ ލޮރީއެއްގައި އަލިފާން ރޯވެއްޖެ
ލ.ގަން ކައުންސިލް އިދާރާ ކައިރީ އޮތް ތެޔޮ ލޮރީއެއްގައި އަލިފާން ރޯވެއްޖެއެވެ.



އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ ގަން ކައުންސިލް އޮފީސް ކައިރީ ފިއުލް ބޯސާ ލޮރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަމުގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު މެންދުރު ފަހު 13:40 ހާއިރު ކަމަށެވެ.



އާޒިމް ވިދާޅުވީ އަލިފާންގަނޑު ނިއްވާލުމަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ، ކައްދޫ ފަޔާ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވާން ފަށައިފިކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް އިބްރާހިމް އާޒިމް ވިދާޅުވިއެވެ.

މިއަދު އޮންލައިން