ޑރ. ޝަހީމް އައިޑީބީގެ ޗެއަރމަނާ ބައްދަލުކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ޑރ. ޝަހީމް އައިޑީބީގެ ޗެއަރމަނާ ބައްދަލުކުރައްވައިފި
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިސްލާމިކް ޑިވޮލޮޕްމަންޓް ބޭންކް (އައިޑީބީ)ގެ ޗެއަރމަން ޑރ. ބަންދަރ ބިން އަލް ޙައްޖާރު އާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށް ގެންދެވީ ޑރ. ޝަހީމް މިހާރު ކުރިއަށް ގެންދަވާ ރަސްމީ ދަތުރުފުޅުގެތެރެއިން ޖިއްދާގައި ހުންނަ އައިޑީބީގެ މައި އޮފީހުގައެވެ.

ޑރ. ޝަހީމް ވިދާޅުވީ މިބައްދަލުކުރެއްވުމަކީ ކާމިޔާބު ބައްދަލުކުރެއްވުމެއް ކަމަށެވެ.

ސައުދީ އިސްލާމިކް މިނިސްޓަރުގެ ދައުވަތަކަށް ޑރ. ޝަހީމްކުރައްވަމުން ގެންދަވާ މިދަތުރުފުޅަކީ އައިޔޫއެމްއަށް ބޭނުންވާ އެހީތެރިކަން ހޯއްދެވުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.

އައިޔޫއެމްއަށް މިއަހަރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބަޖެޓުގެ ދަތިކަމެވެ. ހަމައެއާއިއެކު ގިނަ އަދަދެއްގެ ދަރިވަރުން އިސްލާމީ ޔުނިވަރސިޓީން ކިޔަވަން ބޭނުންވެގެން އެދެމުންދާއިރު ޖާގައިގެ މައްސަލައަކީ ވެސް ވަރަށް ބޮޑު ގޮންޖެހުމަކަށް ވަނީ ވެފައެވެ.


މިއަދު އޮންލައިން