ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޓެރަރިޒަމްގެ ދައުވާއާއިއެކު ހައްޔަރު ކުރެވުނު ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ގެ ދަނބިދަރިކަލުން މުޙައްމަދު ނަދީމް ގެ އެދައުވާއާއި ގުޅިގެން ވަކީލަކު އައްޔަނު ކުރަން ދެ ދުވަހުގެ މުއްދަތެއް ދީފިއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްދިޔަ އެމައްސަލައިގެ ފުރަތަމަ އިބްތިދާއީ އަޑުއެހުމުގައި، ނަދީމްގެ މައްޗަށް ދައުލަތުން އިއްވި ދައުވާގައި ބުނެފައިވަނީ 2017 ވަނަ އަހަރުން ފެށިހެން ސަރުކާރު ވައްޓާލަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ކުރަމުން ދިޔަ މަސައްކަތުގައި ނަދީމް ބައިވެރިވެރިވެފައިވާ ކަމަށެވެ.
މީގެއިތުރުން ޤާނޫނު އަސާސީން ދައުލަތް ހިންގުމުގެ ވަކިވަކި ބާރުތައް ލިބިދީ އުފައްދާފައިވާ މުއައްސަސާތަކުގެ ހިންގުމުގެ ނިޒާމުތަކަށް ބުރޫއަރައި، ޤައުމީ ސަލާމަތާއި ގުޅިފައިވާ އެތައް މަސްލަހަތުތަކެއް ގެއްލޭ ގޮތަށް އެކެއް ފެބްރުއަރީ ގައި ސުޕްރީމް ކޯޓުން އަމުރެއް ނެރެފައިވާތީ ވެސް ނަދީމްގެ މައްޗަށް އެދައުވާ ކުރާ ކަމަށް ދައުވާ ގައި ބުނެފައިވެއެވެ.
މިމައްސަލަ އިތުރަށް ކުރިއަށް ގެންދިޔުމަށް ވަކީލަކު އައްޔަނު ކުރުމަސް 10 ދުވަހުގެ މުއްދަތަކަށް ނަދީމް އެދުނު ނަމަވެސް، ގާޒީ ދެއްވާފައިވަނީ ދެ ދުވަހުގެ މުއްދަތެކެވެ.