މާމިގިލީ ޕޯޓް ހުޅުވައި ރައީސް ޔާމީނަށް އެއްބާރުލުން ދިނުމަށް އެދިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
މާމިގިލީ ޕޯޓް ހުޅުވައި ރައީސް ޔާމީނަށް އެއްބާރުލުން ދިނުމަށް އެދިއްޖެ
އދ މާގިލީގައި ވިލާ ގްރޫޕުން ތަރައްޤީކޮށްފައިވާ ޕޯޓް، ބައިނަލްއަޤްވާމީ ބަނދަރެއްގެ ގޮތުގައި ހުޅުވައި ބަނދަރު ހުޅުއްވައިދެއްވި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނަށް އެއްބާރުލުން ދިނުމަށް އެދިއްޖެއެވެ.

މިކަމަށް އެދިވަޑައިގަތީ ބަނދަރު ހުޅުވުމަށް މިއަދު ހަވީީރު ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމްއެވެ.

އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް މިއަދު ވިދާޅުވީ ބަނދަރު ހުޅުވި ހިނގައި ގަތުމާއިއެކު އައްޑޫ ސިޓީ އާއި ކުޅުދުއްފުށީ ޕޯޓްތައް ފަދައިން މި ބަނދަރަށް އެތެރެކުރާ މުދަލަށްވެސް ކޮންސެސަން (އިނާޔަތް) ތަކެއް ހަމަޖެހިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ މިއަދު ހުޅުވުނު ބަނދަރާއިއެކު ބޯޓް ޔާޑަކާއި އައިސް ޕްލާންޓަކާއި ބޮންޑެޑް ވެއަރ ހައުސްގެ ޚިދުމަތްތައްވެސް ފެށިގެންދާނެ ކަމަށެވެ.

މިރަސްމިއްޔާތުގައި ވަނީ އެ ބަނދަރަށް ފުރަތަމަ ބަނދަރުކުރި ބޮންތި 2 އަށް މާމިގިލި ރައްޔިތުންގެ ނަމުގައި ފަރިވަޅެއް ހަދިޔާ ކޮށްފައެވެ.

މާމިގިލި ޕޯޓަކީ ވިލާ ގްރޫޕުން ފަޅު ހިއްކައިގެން މާގިލީގައި ތަރައްޤީކުރި ވައިގެ ބަނދަރުގެ މަޝްރޫއުގެ ތެރެއިން ވިލާ ގްރޫޕުން ބޮޑު ހޭދައެއް ކޮށްގެން މާމިގިލީ ރައްޔިތުންނަށް ކޮށްފައިވާ ހަދިޔާތަކުގެ ތެރެއިން ހަދިޔާއެކެވެ.
މިއަދު އޮންލައިން