ޖުމްހޫރީ ޕާޓީން ބާއްވާ ޑިނަރނައިޓުގެ ޓިކެޓް ވިކިހުސްވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ޖުމްހޫރީ ޕާޓީން ބާއްވާ ޑިނަރނައިޓުގެ ޓިކެޓް ވިކިހުސްވެއްޖެ
ޖުމްހޫރީ ޕާޓީން ބާއްވާ ޑިނަރނައިޓުގެ ޓިކެޓް ވިކިހުސްވެއްޖެއެވެ.

ޖޭޕީގެ ސެކެޓްރީ ޖެނެރަލް އަޙްމަދު ސަމީރު ވިދާޅުވީ ކުނޫޒުގައި އޮތް ޖާގައަށް ބަލައި 300 ޓިކެޓް ވިއްކާފައިވާ ކަމަށާއި މިހާރުވެސް ގިނަ ބައަކު ޓިކެޓް ގަންނަން ބޭނުންވެގެން ޓިކެޓަށް އެދެމުންދާ ކަމަށެވެ.

ސަމީރު ވިދާޅުވީ ގިނަ ބައަކު ޓިކެޓަށް އެދެމުންދާތީ ކުނޫޒު ކުރިމަތީގައި އޮތް ޖާގަ އަށް އެދުމުން ޖާގަ ލިބޭނެ ގޮތެއް ހަމަނުޖެހުމުން އިތުރު ޓިކެޓް ވިއްކެން ނެތް މިފަހަރު ނެތް ކަމަށެވެ.

ޑިނަރ ނައިޓުގެ ތެރެއިން ބައިވެރިންނަށް ބައެއް "ސަރޕްރައިޒް" ތައް ލިބިގެންދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ސަމީރު ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު ޢަބްދުﷲ ކަމާލުއްދީން ވިދާޅުވީ ޑިނަރ ނައިޓެއް ބޭއްވުމުގެ ބޭނުމަކީ ޕާޓީގެ ހަރަކާތްތައް ހިންގަން ބޭނުންވާ މާލީ އެހީތެރިކަން ހޯދުމާއި އަދި މެންބަރުންނާއި މެންބަރުންގެ އާއިލާތަކާއިއެކު ގުޅުން ބަދަހިކުރުން ކަމަށެވެ.
މިއަދު އޮންލައިން