ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ކުރާ ދައުވާތަކާއި ގުޅިގެން އެބޭފުޅުންނާ ދެކޮޅަށް ބައެއް މީހުން ދީފައިވާ ބަޔާންތަކުގެ ސިއްރުކަން ގެއްލި، އެބަޔާންތައް ސޯޝަލް މީޑިއާގައި ލީކުވުމުން، އޭގެ ތެެރެއިން ބަޔާނެއް އަނބުރާ ގެންގޮސްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބަޔާން އަނބުރާ ގެންގޮސްފައިވަނީ، ދެ ފަނޑިޔާރާއި ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދުގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތަހުގީގަށް ބަޔާންދިން އިސްލާމިކް ބޭންކުގެ ކުރީގެ ހެޑް އޮފް ކޯޕަރޭޓް އެފެއާޒް މުޙައްމަދު ޝަފާއު އެވެ.
އެނގިފައިވާ ގޮތުގައި ދެ ފަނޑިޔާރުންނާއު ހަސަން ސައީދު ފްލެޓު ބައްލަވައިގަތުމަސް ހިންގެވި ކަމަށް ބުނާ މުއާމަލާތްތަކަކާ ބެހޭ ގޮތުން ޝަފާއު ދިން ބަޔާން އަނބުރާ ގެންދެވީ، ބަޔާނާއި ހެކިބަސް ސިއްރު ކުރުމަށް ނިންމީ އޭނާގެ ރައްކާތެރި ކަމަށްޓަކައި ފުލުހުން އެކަމުގެ ޔަގީންކަން ދީގެން ކަމުގައިވީނަމަވެސް، އެޔަގީންކަން މިހާރު ނެތުމުންނެވެ.
ބަޔާން އަނބުރާ ގެންދިޔުމުގެ އިތުރުން، ހެކިބަސް ދިނުމަށްވެސް ޝަފާއު މިހާރު އިންކާރު ކޮށްފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.