ޓެރެރިޒަމް ފަދަ ބޮޑު ތުހުމަތެއް ކުރަނީ އެކަށީގެންވާ ތަހުގީގެއްވެސް ނުކޮށް: އަބްދުﷲ ރިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ޓެރެރިޒަމް ފަދަ ބޮޑު ތުހުމަތެއް ކުރަނީ އެކަށީގެންވާ ތަހުގީގެއްވެސް ނުކޮށް: އަބްދުﷲ ރިޔާޟް
ޓެރަރިޒަމް ފަދަ ބޮޑު ތުހުމަތެއް ދައުލަތުންކޮށް ދައުވާ އުފުލާފައިވަނީ އެކަށީގެންވާ ތަހުގީގެއްވެސް ފުލުހުން ނުހިންގައި ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓި ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރަގެ މެމްބަރު އަބްދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ.

ރިޔާޟް މިމޭރުމުން ވިދާޅުވީ މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްދިއަ ދައުލަތުން ރިޔާޟްގެ މައްޗަށް ދައުވާކުރާ މައްސަލައިގެ ފުރަތަމަ އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން ރިޔާޟްގެ މައްޗަށް ކުރާ ދައުވާގެ އަޑު އިއްވުމުންނެވެ.

ރިޔާޒު ވިދާޅުވީ މިދައުވާއަކީ އެއްވެސް އަސާސެއްނެތް ދައުވާއެއް ކަމަށާ މިފަދަ ބޮޑު ތުހުމަތެއް ކުރައިރު އެކަށީގެންވާ ތަހުގީގެއްވެސް ފުލުހުން ހިންގާފައި ނުވާކަމަށެވެ އަދި މިއީ، ޖުމްހޫރީ ޕާޓީ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅެއްގެ ހައިސިއްޔަތުން ގުޅިފައިވާ ޕާޓީތަކުން ފަށާފައިވާ އިސްލާހީ މަސައްކަތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާތީ އެކަމުން އެކަހެރި ކުރަން ކަމަށެވެ.

އަބްދުﷲ ރިޔާޒު ވިދާޅުވީ ސަރުކާރުން ބޭނުންވާ ގޮތަށް އެމަނިކުފަނު މިހާރު މިހުންނެވީ ޖަލުބަންދުގައި ކަމަށާ އެހެން ނަމަވެސް ޓެރަރިޒަމް ފަދަ ބޮޑު ދައުވާއެއް މީހެއްގެ މައްޗަށް ކުރާއިރު އެކަށީގެންވާ ތަހުގީގެއްވެސް ހިންގަން ވާނެކަމަށް ހެއްކާ ގަރީނާވެސް ހުންނަން ވާނެކަމަށެވެ.

ރިޔާޟް ވިދާޅުވީ އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަނީ ގުޅިފައިވާ ޕާޓީތަކުން ގައުމު އިސްލާހު ކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވާތީ އެކަމުން އެކަހެރި ކުރުމަށް ކަމަށެވެ.

ދައުލަތުން ކުރި ދައުވާގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުރިމީހަކު އަދި މީގެކުރިން ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅަކު ގާނޫނުއަސާސީ އާއި ގާނޫނުތަކާއި އުސޫލުތަކުގެ ބޭރުން ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން މަސައްކަތްކޮށް ދައުލަތަށާއި ސަރުކާރަށް ނޭދެވޭ ނުފޫޒު ފޯރުވައި އާންމުންގެ ސަލާމަތަށް ނުރައްކާވާފަދަ ހާލަތެއް މެދުވެރިކުރައްވަން ރިޔާޟް އުޅުއްވި ކަމަށެވެ.

މިމައްސަލާގައި ކުރިއަށް ދާން ބޭނުންވަނީ ގާނޫނީ ވަކީލަކާއިއެކު ކަމަށް ރިޔާޟް ވިދާޅުވުމުން މައްސަލަ ބައްލަވާ ގާޟީ އަހުމަދު ހައިލަމް މިއަދުގެ ޝަރީއަތް ނިންމަވާލެއްވީ ރިޔާޟަށް ވަކީލަކު އައްޔަން ކުރުމަށް 5 ދުވަހުގެ މުއްދަތެއް ދެއްވުމަށްފަހުއެވެ.
މިއަދު އޮންލައިން