ބިޔަރު ފުޅިތަކާއެކު މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 43ސ
ބިޔަރު ފުޅިތަކާއެކު މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފި
ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ބިޔަރު ފުޅިތަކަކާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ރޭ ހައްޔަރުކޮށްފައިވަނީ 20 އަަހަރުގެ ފިރިހެނެއް ކަމަށެވެ.

މި މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 2 އުން ހުޅުމާލެ ފޭސް 1 އަށް ބިޔަރު ފުޅިތައް އެތެރެކުރަން އުޅެނިކޮށް ކަމަށާއި ފުލުހުން ފެނުމާއެކު މި މިހާ ފިލަން މަސައްކަތްކުރި ކަމަށް ފުލުހުން ބުންޏެވެ.

މި މީހާ ހައްޔަރުކޮށް އޭނާ އެ ވަގުތު ހުރި ސަރަހައްދު ބަލައި ފާސްކުރިއިރު، ހުޅުމާލެ ފޭސް 2 އަށް ވަންނަ ގޭޓު ކައިރީ ހުންނަ ޕަމްޕު ސްޓޭޝަން ކައިރީ ގަސްތަކެއްގެ ތެރެއިން 48 ބިޔަރު ފުޅި ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
ހުޅުމާލެ ޕޮލިސް ސްޓޭޝަންއުން ދަނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުން ކަމަށެވެ.
މިއަދު އޮންލައިން