ބައެއް ފަރާތްތަކުން ރަމަޟާން މަހުގެ އިނާޔަތް ދެމުން ނުދާކަން ފާހަގަ ކުރެވިފައިވާ ކަމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީ (އެލްއާރްއޭ) އިން ބުނެފިއެވެ.
އެއޮތޯރިޓީން ބުނެފައިވަނީ ދިވެހި ރާއްޖޭގެ ޤާނޫނުގައިވާ ގޮތުގެ މަތިން ރަމަޟާން މަހުގެ އިނާޔަރް ދެމުން ނުދާކަން އެލްއާރްއޭ އިން ކުރާ ތަހުގީގުތަކުން ފާހަގަ ކުރެވިފައިވާ ކަމަށާއި ބައެއް ފަރާތްތަކުން ރަމަޟާން މަހުގެ އިނާޔަތް ދިން ކަމުގައިވިޔަސް، ވަޒީފާއާބެހެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެއިނާޔަތް ދެމުން ނުދާކަންވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެލްއާރްއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ވަޒީފާއާބެހޭ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ވަޒީފާދޭ އެންމެހާ ފަރާތްތަކުން ވެސް 1439 ވަނަ އަހަރުގެ ރަމަޟާން މަހުގެ އިނާޔަތް ދިނުމަށެވެ.
ދިވެހި ރާއްޖޭގެ ވަޒީފާއާ ބެހޭ ޤާނޫނުގައި، ދިވެހި ކޮންމެ މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން 3000 ރުފިޔާ ދޭން ވާނެ ކަމަށާއި އަދި ވަޒީފާ އަދާކުރާ ބިދޭސީ މުސްލިމު މުވައްޒަފުންނަށް ރަމަޟާން މަހުގެ އިނާޔަތް ދިނުމުގެ އިޚްތިޔާރު ވަޒީފާ ދޭ ފަރާތަށް ދީފައިވާ ކަމަށް ބަޔާން ކޮށްފައިވެއެވެ.