ދޮރުތަޅުލައިގެން ތިބެ ސިޔާސީ ޝަރީއަތްތައް ކުރުމާ ފިލައި ތިބެ ހެކި ބަސް ދިނުމަކީ އިސްލާމީ ޝަރީއަތް ދަންނަ ކަމެއް ނޫން: ސަމީރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ދޮރުތަޅުލައިގެން ތިބެ ސިޔާސީ ޝަރީއަތްތައް ކުރުމާ ފިލައި ތިބެ ހެކި ބަސް ދިނުމަކީ އިސްލާމީ ޝަރީއަތް ދަންނަ ކަމެއް ނޫން: ސަމީރު
ކޯޓު ރޫމް ނުވަތަ ޝަރީއަތް ކުރާ ކޮޓަރީގެ ދޮރުތަޅުލައިގެން ތިބެ ސިޔާސީ ޝަރީއަތްތައް ކުރުމާއި ފިލައި ތިބެ ސިއްރުން ހެކި ބަސް ދިނުމަކީ އިސްލާމީ ޝަރީއަތް ދަންނަ ކަމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ސަމީރު ރޭ ވިދާޅުވީ ސިޔާސީ މީހުންގެ މައްޗަށް ކުރާ ޝަރީޢަތްތައް ސިއްރުކުރުމަކީ އިތުބާރުގެ މައްސަލަތައް އިތުރުވާނެ ކަމެއް ކަށެވެ. އަދި ހެކި ބަހަކީ ފަނޑިޔާރާއި އެންމެންގެ ކުރިމަތީގައި ކީރިތި ޤްރްއާނުގައި އަތްލައި ހުވާކޮށް، ހަތަރުކަޅި ހަމަކޮށްގެން ވަރަށް ސާބިތުކަމާއިއެކު ހުރެ ދޭން ޖެހޭނެ އެއްޗެއް ކަމަށެވެ.

ރާއްޖޭގައި ސިއްރުން ހެކި ބަސް ނަގަން ފެށުނީ މީހުން މެރުމުގެ މައްސަލަތައް ފަދަ ހެކިވެރިޔާގެ ފުރާނައަށް ނުރައްކައުތެރިވެދާނެ ކަމުގެ ބިރު އޮންނަ މައްސަލަތަކުގައި ހެކި ބަސް ދޭން މީހުން ޖެހިލުންވާންފެށުމުންނެވެ. ނަމަވެސް މިއަދު ސިއްރުން ހެކިބަސް ނެގުން މިވަނީ ސިޔާސީ ކަމަކަށް ބަދަލުވެފައިކަމަށް ބުނެ ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.

ޤާނޫނީ ވަކީލުން ބުނަމުން ގެންދަނީ ސިއްރުން އަޑުވެސް ބަދަލުކޮށްގެން ހެކި ބަސް ދޭއިރު އެދެނީ ކާކުކަން ދައުވާ ލިބޭ މީހާއަށް ނުއެނގުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި އަދި އޭނާ ހެކިބަސްދެނީ މާތް ﷲ ގަންދީ ކުރަންޖެހޭ ހުވާ ކޮށްގެން ކަމާއިމެދު ވެސް ޝައްކު ކުރެވޭ ކަމަށެވެ.
މިއަދު އޮންލައިން