ރޯދަ މަހު ކަރަންޓް ނުކެނޑިވޭތޯ ފެނަކައިން މަސައްކަތްކުރާނެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
ރޯދަ މަހު ކަރަންޓް ނުކެނޑިވޭތޯ ފެނަކައިން މަސައްކަތްކުރާނެ
މި ފެށޭ ރޯދަ މަހު ކަރަންޓް ނުކެނޑިވޭތޯ ފެނަކައިން މަސައްކަތްކުރާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

ފެނަކައިން ބުނީ އެކުންފުނިން ޚިދުމަތްދޭ 148 ރަށުގައި ރޯދަމަހު މެދުކެނޑުމެއް ނެތި ކަރަންޓުގެ ޚިދުމަތް ދިނުމަށް މިހާރުވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"މިރަށްތަކުގައި 500 އަށްވުރެ ގިނަ ޖެނެރޭޓަރު އެބަ ހިންގަންޖެހޭ. އެހެންވީމާ މަރާމާތުކުރަންޖެހޭ ޖެނެރޭޓަރުތައް ބަލައި މަރާމާތުކުރަމުން މިގެންދަނީ. އިރާދަކުރެއްވިއްޔާ ރައްޔިތުންގެ އެއްބާރުލުމާއިއެކު މިއަހަރުގެ ރޯދަ މަހު ކަރަންޓުގެ ޚިދުމަތް މެދު ނުކެނޑިވާނެ ގޮތެއް ހަމަޖެއްސޭނެ." ކަމަށް ފެނަކައިން މިއަދު ބުނެފައިވެއެވެ.
މިއަދު އޮންލައިން