އިއްޔެއިން ފެށިގެން ރައީސް މައުމޫންގެ ސިއްޙީ ހާލަތު ވަނީ ކަންބޮޑުވާ މިންވަރަށް ދަށަށް ގޮސްފަ- ވަކީލު

ކިޔުމަށް ހޭދަވާނީ 57ސ
އިއްޔެއިން ފެށިގެން ރައީސް މައުމޫންގެ ސިއްޙީ ހާލަތު ވަނީ ކަންބޮޑުވާ މިންވަރަށް ދަށަށް ގޮސްފަ- ވަކީލު
ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ގެ ސިއްޙީ ހާލަތު އިއްޔެއިން ފެށިގެން ކަންބޮޑުވާ މިންވަރަށް ގަށަށް ގޮސްފައިވާ ކަމަށް ރައީސް މައުމޫންގެ ޤާނޫނީ ވަކީލު މުޙައްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ފައިސަލް މިއަދު ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިއްޔެ ދިމާވި ކަންތައްތަކާއި ގުޅިގެން ވެއްޓިވަޑައިގަތުމުގެ ފުރުސަތު ބޮޑު ކަމަށް ރައީސް މައުމޫން ބެއްލެވި އީއެންޓީ ސްޕެޝަލިސްޓް ވިދާޅުވެފައިވާ ކަމަށެވެ.

"އިއްޔެ ކުރިމަތިވި ކަންކަމާއި ގުޅިގެން ވެއްޓި ވަޑައިގަތުމުގެ ފުރުސަތު ބޮޑު ކަމަށާއި އަދި އަރިހުގައި އަބަދުވެސް މީހަކު ހުރުމަށް އީއެންޓީ ސްޕެޝަލިސްޓް ވިދާޅުވި" ފައިސަލް ވިދާޅުވެފައިވެއެވެ.

ރައީސް މައުމޫންގެ ސިއްޙީ ހާލަތު ދަށަށް ގޮސްފައިވުމުގެ ސަބަބުން، އެމަނިކުފާނު ވަގުތުން ގެއަށް ބަދަލު ކުރަން ޖެހޭ ކަމަށް ވެސް ފައިސަލު ވިދާޅުވިއެވެ.

މިއަދު އޮންލައިން